ޕްރިންސް ހެރީއާއި މޭގަން މާކެލްގެ ކައިވެނި ހަފްލާއަށް އިނގިރޭސި ބޮޑުވަޒީރު ނޫންނަމަ ޖެރެމީ ކޯބީންނަށްވެސް ދައުވަތު ނާރުވާކަމަށް ބުނެފިއެވެ.
ސިޔާސީ އެއްވެސް ބޭފުޅަކު ދައުވަތު ލިސްޓުގައި ނެތުމުގެ މާނައަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށްވެސް ދައުވަތު ނާރުވާ ކަމެވެ.
މިގޮތަށް ނިންމެވީ ކައިވެނިކުރުން ކުރިޔަށް ގެންދާ ފައްޅީގެ ސައިޒާއި އަދި އޭގެ އިތުރުން ޕްރިންސް ހެރީއަކީ އިނގިރޭސި ރަސްކަމުގެ ތަޚުތައްބަލާނަމަ ފަސްވަަނަ ބޭފުޅާ ކަމަށްވުމެވެ.
މި ޚަބަރުތަކާއިއެކު މިހާރު ވަނީ ޕްރިންސް ހެރީގެ އެކުވެރިއެއްކަމަށްވާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އެމަނިކުފާނުގެ އަނބިކަނބަލުން މިޝޭލް އޮބާމާއަށް ވެސް ދައުވަތު ނާރުވާކަން ކަށަވަރުުކުރެވިފައެވެ.
މެއި މަހުގެ 19 ވަނަދުވަހު ވިންޑްސަރ ކާސްލްގައި އޮންނަ ހަފްލާއަށް ދައުވަތު އެރުވޭ 1،200 މީހުންގެ ތެރޭގައި މެންޗެސްޓަރ އެރީނާ ހަމަލާގައި ޒަޚަމްވި އުމުރުން 12 އަންހެން ކުއްޖެެއް ހިމެނެއެވެ.
އެމެއިލާ ތޮމްސަން އަކީ 2017 ވަނަ އަހަރުގެ މެއި މަހު ހިނގި އެ ހާދިސާގައި ބޮން ގޮއްވި މަންޒަރުފެނި ބިރުގެންފައިވާ ކުއްޖެކެވެ. ބިރުވެރުކަމުގައި ހަޅޭއްލެވުމުގެ ސަބުން އޭނާގެ ވޯކަލް ކޯޑްވެސް ވަނީ ހަލާކުވެފައެވެ.
މި ކައިވެންޏަކީ ހެރީގެ އަލަތު ކައިވެންޏެވެ. މި ކައިވެންޏަކީ މޭގަންގެ ފުރަތަމަ ކައިވެންޏަށްނުވާއިރު 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމް ޕްރޮޑިއުސަރެއްކަމަށްވާ ޓްރިވަރ އެންގްލްސަންއާ ކުރި ކައިވެނި ދެ އަހަރަށްފަހުވަނީ ރޫޅިފައެވެ.