ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކެ ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ށ. އަތޮޅުން ފެށިގެން ގދ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާކަމަށެވެ. މި ވައިޓް އެލާޓް ނެރެފައި ވަނީ އާދީއްތަ ދުވަހުގެ ހަވީޜު 5:00 އާއި ހަމައަށެވެ. ށ އަތޮޅަށާއި ގަދ އަތޮޅަށް ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ދިވެހިން އާންމުކޮށް ދަތުރުކުރާ ދެ ގައުމު ކަމަށްވާ ސްރީލަންކާއި އިންޑިއާ ( ދެކުނު އިންޑިއާ) ގެ އެކި ހިސާބަތްކަށް ވެސް ވިއްސާރަ ކުރާނެ ކަމަށެވެ.