ބަންޑާރަ ނައިބް މުހައްމަދު އަނިލް ޤާނޫނީ ވާހަކަދައްކަވާތީ، ލަދު ގަންނަކަމަށް ވިދާޅުވެ، ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބް މުހައްމަދު އަނިލްއަށް މަލީހު ފާޑުވިދާޅުވެފައިވަނީ، ރާއްޖޭގައި ބާ ކައުންސިލެއް އުފައްދައި ވަކީލުންގެ ފަންނުގެ ކަންކަން އެ ކައުންސިލްގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވުމާއި ގުޅިގެންނެވެ. އަނިލް އެގޮތަށް ވިދާޅުވެފައިވަނީ ވަކީލުންނަށް، ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަންޑާރަ ނައިބް މުހައްމަދު އަނިލް ޤާނޫނީ ވާހަކަދައްކަވާތީ، ލަދު ގަންނަކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމް ބަލައިނުގަންނަނާނެކަމަށް ބުނާ މީހަކު ބަންޑާރަ ނައިބްގެ މަޤާމުގައި ބަހައްޓަންވެސް ނުވާނެކަމަށް މަލީހް ވިދާޅުވި އެވެ.
Anil qaanoonee vaahaka dhakkaathee ladhuganey. Supreme Court hukum balainugannaanamey bunaa meehaku heyo nuvaane mifadha maqaamegga bahattaakah. https://t.co/VuBCg2Hoz7
— Mohamed Maleeh Jamal (@maleehjamal) April 8, 2018
ބަންޑާރަ ނައިބް މުހައްމަދު އަނިލްއަކީ، ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅޭގޮތުން ތަފާތު އެކިފަހަރުމަތިން އެކި ވާހަކަދެއްކެވި ބޭފުޅކެވެ. އަދި އެ އަމުރު ތަންފީޒް ނުކުރުމަށް ލަފާދެއްވާފައިވަނީވެސް ބަންޑާރަ ނައިބްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.