މިފަހަރުގެ މޭޑޭއަކީ ތާރީހީ މޭޑޭއަކަށްވާނެކަމަށާއި، އެ ދުވަހު މަސައްކަތްތެރިންގެ ހައްޤުތައް ލިބޭނެކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މަސައްކަތްތެރިންގެ ހައްޤުތަކުގެ ދިފާއުގައި ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ މޭޑޭއަކީ، މެއި މަހުގެ އެއްވަނަ ދުވަސް އެވެ. އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގ ެގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފަ އެވެ.
މިފަހަރުގެ މޭޑޭއަކީ ތަފާތު، އަދި ތާރީހީ މޭޑޭއަކަށްވާނެކަން ފާހަގަކޮށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ މަސައްކަތްތެރިންނަށް ގެއްލިފައިވާ ހައްޤުތައް ހޯދުމަށް މޭޑޭ ގެ އިހުތިޖާޖަށް 30000 މީހުން ނިކުންނާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިފަހަރު ގެޔަށް ވަންނަ ގޮތަށް އޮތީ ހައްޤުތައް ހޯދުމަށްފަހުގައިކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވިގޮތުގައި މިފަހަރުގެ މޭޑޭއަކީ މަޖޫރީންގެ މޭޑޭއެއް ކަމަށެވެ.
Masakaiytherin nah gehlifa vaa emeehunge haggu thah hodhu mah MAYDAY ge Ihuthijaaj ah 30,000 meehun nikunnaane kamah mihaaru east-mate kurevey! Mifaharu gea ah vanna gothah othee Haggu thau hoadhaaigen!
— Mohamed Musthafa (@Thimarafushi) April 8, 2018
“Vahllaahu aulamu”
މިގެކުރިން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުވެސް މޭޑޭ ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތައް ފުރާލާފައިވެއެވެ. އަދި ސަރުކާރަށް ގިނަ ހުށައެޅުންތަކެއްވެސް ހުށައަޅާފައިވެއެވެ.