ދ. ވާނީ ޓްރެއިނިން ސުކޫލްގައި އުޅުނު ފުލުހަކު މަރުވެއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާ އަހުމަދު ޝިފާން ވިދާޅުވީ ބޭސިކް ޓްރެއިނިން ހެދުމުން ދިޔަ ފިރިހެން ފުލުހަކު ބަލިވެގެން ދ. ކުޑަހުވަދޫއިން ފަރުވާ ދިނުމަށްފަހު މާލެ ގެންނަނިކޮށް ދަތުރުމަތީގައި މަރުވެފައިވާކަމަށެވެ.
މަރުވި ފުލުސް މިހާގެ ހަށިގަނޑު މިހަރު ވަނީ މާލެ ގެނެސްފަ އެވެ.
ފުލުހުންގެ ތަރުޖަމާން ޝިފާން ވިދާޅުވީ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެކަމަށެވެ.