ފޮރިން މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ޢަލީ ޢާދަމް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލު ކޮށްފިއެވެ.
އަލީ އާދަމް ފޮރިން މިނިސްޓްރީއަށް ބަދަލުކުރީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާ ހުންނެވީ އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ކޮންސިއުލްގެ މަޤާމުގައެވެ.
އަލީ އާދަމް ފޮރިން މިނިސްޓްރީގައި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރގެ މަޤާމުގައި ހުންނެވީ ވަޒީރެއްގެ ނައިބުގެ ފެންވަރުގައެވެ. އަލީ އާދަމް އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް ބަދަލުކުރެއްވިކަން އާދިއްތަ ދުވަހު ރައީސް އޮފީހުން ހާމަކުރި ނަމަވެސް، އޭނާ އެމަޤާމަށް އައްޔަން ކުރެއްވީ މިމަހުގެ 4 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.