ކ. މާލެ
|
6 އޭޕްރިލް 2018 | ހުކުރު 16:47
ވެބްސައިޓް ހެކްކުރުމަށްފަހު ފެންނަން ހުރި ގޮތް
ވެބްސައިޓް ހެކްކުރުމަށްފަހު ފެންނަން ހުރި ގޮތް
އޭ.އެން.އައި
އިންޑިއާގެ ދިފާޢީ ވުޒާރާ
އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް ހެކްކޮށްފި!
ހެކްކުރީ ކޮން ބައެއްކަން އަދި ނޭނގޭ

އަވަށްޓެރި އިންޑިއާގެ ދިފާޢި ވުޒާރާގެ ވެބްސައިޓް ހެކްކޮށްފިއެވެ.

ހުކުރު ދުވަހުގެ މެންދުރު އިންޑިއާގެ ދިފާޢީ ވުޒާރާގެ ވެބްސައިޓް ހެކްކުރުމަށްފަހު ވެބްސައިޓުން ފެންނަން ހުރީ ޗައިނާ ބަހުން ލިޔުމުގައި ބޭނުންކުރާ ކެރެކްޓަރއެއްކަމަށް އިންޑިއާގެ ބައެއް ނޫސްތައް ބުނެއެވެ. ވެބްސައިޓް ހެކްކުރިކަމުގެ ޚަބަރު ފެތުރުމާއިއެކު ދިފާޢީ ވުޒާރާގެ ވެބްސައިޓްވަނީ އެއްކޮށް ޑައުންކޮށްފައެވެ. 

މިމައްސަލައިގައި އިންޑިއާގެ ސަރުކާރުގެ ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ވެބްސައިޓް ހެކްކުރުމުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ވެބްސައިޓް ހެކްކުރުމަށްފަހު ޗައިނީޒް ކެރެކްޓަރސް ވެބްސައިޓުން ފެނުނުނަމަވެސް މިޙަމަލާގެ ފަހަތުގައި ޗައިނާގެ އަތެއް ވާކަމެއް އަދި ކަށަވަރެއް ނޫނެވެ. 

އިންޑިއާގެ ދިފާޢި ވުޒާރާގެ ވެބްސައިޓް ހުކުރު ދުވަހު ހެކްކޮށްފައިވާއިރު، މީގެ 3 ހަފްތާއެއްހާ ދުވަސްކުރިން އިންޑިއާގެ ޤައުމީ އެއަރލައިން އެއަރ އިންޑިއާގެ ޓްވިޓަރ ހެންޑްލްވެސް ވަނީ ކެންސަލްކޮށްފައެވެ. އެއަރ އިންޑިއާ ޓުވިޓަރ ހެންޑްލް ހެކްކުރީ ތުރުކީގެ ހެކަރުންތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް