ކ. މާލެ
|
6 އޭޕްރިލް 2018 | ހުކުރު 08:59
ދުނިޔޭގެ ޑާޓްސް ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އެރިކް ބްރިސްޓޯ
ދުނިޔޭގެ ޑާޓްސް ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އެރިކް ބްރިސްޓޯ
ބީބީސީ
ޑާޓްސް ޗެމްޕިއަންކަން
ދުނިޔޭގެ ޑާޓްސް ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އެރިކް ބްރިސްޓޯ މަރުވެއްޖެ
ޗެމްޕިއަންކަން ހޯދާފައިވަނީ 1980 އިން 1986 ވަނަ އަހަރާ ދެމެދުގެ އަހަރުތަކުގައި
އެނާ 23 އަހަރު ޑާޓްކުޅެފައިވޭ
70 ޕްރޮފެޝަނަލް ޓައިޓަލް ހޯދާފައިވޭ

ދުނިޔޭގެ ޑާޓްސް ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އެރިކް ބްރިސްޓޯ މަރުވެއްޖެއެވެ.

 އޭނާ މަރުވެފައި ވަނީ އުމުރުން 60 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. ޕްރޮފެޝަނަލް ޑާޓްސް ކޯޕަރޭޝަންގެ ޗެއަރމަން ބެރީ ހާން ބުނީ އޭނާއަށް ހާޓް އެޓޭކް ޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލިވަރޕޫލްގައި ކުރިއަށްދިޔަ ޕްރިމިއަރ ލީގް އިވެންޓެއްގެ ތެރެއިން ކަމަށެވެ. ހާން ބުނީ ބްރިސްޓޯއަކީ ޑާޓްސް ކުޅުމުގައި ދުނިޔޭގެ އަދި އިނގިރޭސިވިލާތުގެ  ލެޖެންޑެއް ކަމަށެވެ.

އެރިކް ބްރިސްޓޯ ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައި ވަނީ 1980 އިން 1986 ވަނަ އަހަރާ ދެމެދުގެ އަހަރުތަކުގައެވެ.

އޭނާ ވަނީ ފަސް ވަރލްޑް މާސްޓާސް ޓައިޓަލް ހާސިލްކޮށްފައެވެ. އަދި އެނާއަކީ ޕްރޮފެޝަނަލް ޑާޓްސް ކޯޕަރޭޝަން (ޕީޑީސީ) ގެ ފައުންޑާ ކުޅުންތެރިއެކެވެ.

ބްރިސްޓޯ އެންމެ ފަހުން ޑާޓު ކުޅުމުގައި ދުނިޔޭގެ ޗެމްޕިއަންޝިޕްގައި ބައިވެރިވެފައި ވަނީ 2000 ވަނަ އަހަރުއެވެ. އޭނާގެ 23 އަހަރުގެ ކުޅިވަރުގެ ކެރިއަރުގައި 70 ޕްރޮފެޝަނަލް ޓައިޓަލް ހާސިލްކޮށްފައި ވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް