ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 22:53
އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސްއަކަށް އަރުވަނީ
އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސްއަކަށް އަރުވަނީ
ޒިންހުއާނެޓް
އިސްރާއީލް-ފަލަސްތީނު
ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ފަލަސްތީނުގެ ރައްޔިތަކު މަރާލައިފި
ނިމިދިޔަ މާޗް 30 ވަނަ ދުވަހުން ފެށިގެން ޣައްޒާ-އިސްރާއީލު ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ދަނީ އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަމުން
މިހާތަނަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 21 އަށް އަރާފައި

އިސްރާއީލް-ޣައްޒާ ބޯޑަރު ސަރައްދުގައި ފަލަސްތީނު ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ އަށް އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނު ރައްޔިތަކު ބުރާސްފަތި ދުވަހު މަރުވެއްޖެއެވެ. 

މީގެ އިތުުރުން އިސްރާއީލުން ޣައްޒާ ބޯޑަރު ސަރަހައްދުގައި ދާދި ފަހުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާ ފަލަސްތީނުގެ ރައްޔިތަކު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އިސްރާއީލު-ޣައްޒާ ބޯޑަރު ސަރައްދުގައި ކުރަމުންދާ މުޒާހަރާ ނުހުއްޓި ކުރިއަށްދާއިރު މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ. ފަލަސްތީނު ރައްޔިތުން ކޮންމެ އަހަރެއްގެ މަރޗް 30 ވަނަ ދުވަހު ފާހަގަކުރާ "ލޭންޑް ޑޭ" ދުވަސް ނުވަތަ އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ބިން 1976 ވަނަ އަހަރުގެ މާޗް މަހު ފޭރިގަތް ދުވަސް ފާހަގަކުރުމާ ދިމާކޮށް ނިމިދިޔަ މަރޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނު ރައްޔިތުން އިސްރާއީލާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ.  

އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން  ފޭލިގެ ޖަހައި، ފަލަސްތީނު އެތައް ހާސް ރައްޔިތުން ނިމިދިޔަ މާޗް 30 ވަނަ ދުވަހު މުޒާހަރާ ފަށާފައިވާއިރު، "ގްރޭޓް މަރޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގައި، ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިސްރާއީލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށްވާއިރު އެއީ ފަލަސްތީނުން ކިޔާ ގޮތުން ނަކްބާ ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިސްރާއީލް އުފެދުނު ދުވަހެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް