އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި ނުގެނެފިފައި ތިބި ދިވެހި ދެ ކުދިން ރާއްޖެ ގެނެސްފި އެވެ.
ޔާތީމްޚާނާގައި އަނިޔާ ލިބިފައިވަނީ އއ.އުކުޅަސް އަބްދުﷲ ބަޝީރާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ސައީދަލީ ފާތިމާ ލަތީފް އަށް ލިބިފައިވާ ތިން ކުދިންނެވެ. މި ތިން ކުދިންގެ ތެރެއިން އުމުރުން 12 އަހަރުގެ އާއިމިނަތު ޔަސްރާ އަބްދުﷲ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެ ގެނެސްފައި ވާއިރު، އޭނާގެ ދެ ކޮއްކޮ ކަމުގައިވާ އުމުރުން 10 އަހަރުގެ އާއިމިނަތު ނަސްރާ އަބްދުﷲ އަދި އުމުރުން 7 އަހަރުގެ މަރިޔަމް ނައުރާ އަބްދުﷲ ރާއްޖެ ގެނެސްފައި ވަނީ އާދީއްތަ ދުވަހު އެވެ.
އެކުދިން އުފަންވި އަދި ރަޖިސްޓްރީކޮށްފައިވާ ރަށް، އއ. އުކުޅަހަށް އެ ކުދިން ގެނައީ އިންޑިއާގައި މިހާރު ހުރި އެ ކުދިންގެ މަންމަ ފާތިމާ ހުއްދަ ދިނުމުންނެވެ.
ދިވެހި ޕާސްޕޯޓް އޮންނަ މި ކުދިން ލިބެމުންދިޔަ އަނިޔާތައް އިންޑިއާ އާއި ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައީ އެ ކުދިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާން 2017 ވަނަ އަހަރު ތައްޔާރުކުރި "ހިތްދަތި އާދޭސް" ޑޮކިއުމެންޓަރީ ގެނެސްދިން ފަހުންނެވެ.
އުކުޅަހުގައި ދިރިއުޅެމުން ދިޔުމަށް ފަހު މި ކުދިން ގޮވައިގެން ފާތުމަ އިންޑިއާ އަށް ދިޔައީ 2013 ވަނަ އަހަރު އެވެ. އެއަށް ފަހު، ފޯން ނަންބަރު ބަދަލުކޮށް، ކުދިންގެ ބައްޕަ، ބަޝީރާއި ބަޝީރުގެ އާއިލާއިން ވެސް އެ ކުދިންނަށް ފޯނުން ގުޅޭނެ ގޮތް ބަންދުކުރި އެވެ.
އެ ކުދިން ޔަތީމްހާނާއަށްލިކަން ބަޝީރަށް އެންގީ ފާތިމަގެ ތިމާގެ މީހެކެވެ. އެއާއެކު ބަޝީރު އާއި ބަޝީރުގެ ބައްޕަ އިންޑިއާއަށް ގޮސް، އަދި ދިވެހި ސަރުކާރުގެ ވެސް ސަމާލުކަމަށާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ވެސް މައްސަލަ ހުށަހަޅައިގެން ވެސް އެ ކުދިން މިނިވަންކޮށްގެން ރާއްޖެ ގެނެވޭނެ ގޮތް އޮތީ ނުވެފަ އެވެ.
މި މައްސަލަ ބަޝީރު، އިންޑިއާގެ ޓްރިވެންޑްރަމުގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހަށް ހުށަހެޅުމުން، ނިންމީ އެކުދިންގެ މަންމަ ފާތިމާގެ ހުއްދައާ ނުލައި އެކުދިން ރާއްޖެ ގެންގޮސްގެން ނުވާނެ ކަމަށެވެ. ނަމަވެސް މި ކުދިންނާ ގުޅޭ ޑޮކިއުމެންޓަރީ ރާއްޖެޓީވީން ދެއްކުމާއެކު، މި މައްސަލައިގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.