ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަ ކުރުމާއި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ހިމެނޭ ޓެލެންޓު ޝޯ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިއީ ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީ ގުޅިގެން ހިންގުމަށް ރާވާފައިވާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭޓެލެންޓު ޝޯ އެކެވެ އޮލިންޕަހުގައި ކުރިޔަށް ގެންދަން ރާވާފައިވާ މި ޓެލެންޓް ޝޯގައި ސިވިލް ސަރވިސްގެ 10 އިދާރާއަކުން ޖުމްލަ 10 އައިޓަމެއް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ޝޯ ކުރިޔަށް ދާނީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 23:30 އަށް ކަމަށް ޝޯގެ އިންތިޒާމުތައް ހަމަސައްޖައްސަވާ ކޮމެޓީން މަޢުލޫމާތުދެއެވެ. މި ޝޯގައި އެންސީއޭ ބޭންޑުގެ ބައެއް ހުށަހެޅުންތައް ހުށަހަޅައިދިނުމަށް ވެސް ހަމަޖެހިފައި ވެއެވެ.
ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރާކާތްތައް ކުރިޔަށް ގެންދެވުމުގެ މަޤްޞަދަކީ ޖުމްހޫރީ ނިޒާމާ ބޭހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށާއި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުންކަމަށް އެ ކޮމިޓީން މައުލޫމާތު ދެއެވެ.