ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 06:52
މިރޭ ހުޅުވި ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓްގައި މީހަކު ކޮފީ ހަދަނީ:- ފޮޓޯ-ރާއްޖެއެމްވީ
މިރޭ ހުޅުވި ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓްގައި މީހަކު ކޮފީ ހަދަނީ:- ފޮޓޯ-ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
ގްލޯރިއާ ޖީންސް ކޮފީ
ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓް ހުޅުވައިފި
މިތަން ހުންނަނީ ރަސްފަންނުގައި ހުންނަ ޕެވިލިއަންގައި
މިތަން ހުޅުވާ ދެއްވީ ރައީސްގެ އަނބިކަނބަލުން

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޮފީ ޗެއިން ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" އައުޓްލެޓެއް މާލޭގައި ހުޅުވައިފި އެވެ.

އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ބްރޭންޑެއް ކަމަށްވާ، "ގްލޯރިއާ ޖީންސް ކޮފީ" އައުޓުލެޓް ހުޅުވާދެއްވީ ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިޔާތެއްގައި ރައިސުލްޖުމްހޫރިއްޔާގެ އަބްދުﷲ ޔާމިންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް އެވެ.

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާފައިވާ ޕެވިލިއަންގައި ހުޅުވި "ގްލޯރިއާ ޖީންސް ކޮފީ" ހިންގަނީ "ބްރޫ އެންޑް ފީސްޓް" ކިޔާ ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ.

މިތަން ހުޅުވުވުމަށް ބޭއްވި ރަސްމިޔާތުގައި "ގްލޯރިއާ ޖީންސް ކޮފީ"ގެ ފަރާތުން ވަނީ، ރާއްޖޭގެ ތިން އެންޖީއޯއެއް އެންޑޯޒްކޮށް، އެ ތިން ފަރާތަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި ތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ޕެލިވިއަންގައި ގްލޯރިއާ ޖީންސްގެ އިތުރުން ވެސް ދެ ފްރެންޗައިޒް ރެސްޓޯރެންޓް ހުޅުވާނެ ކަމަށެވެ. އެގޮތުން ދެން ހުޅުވާނީ އާއިލާތަކަށް އެކުގައި އައިސް ބައްދަލުކޮށްލެވޭ އަދި ކުޑަކުދިންނާ ގުޅޭ ފްރެންޗައިޒް ރެސްޓޯރެންޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގްލޯރިއާ ޖީންސްގެ ފްރެންޗައިން ރެސްޓޯރެންޓްތައް ވަރަށް އަވަހަށް، އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ހުޅުވާނެ ކަމަށް، ރާއްޖޭގައި އެ ފްރެންޗައިޒް ގެންގުޅޭ ކުންފުނީގެ ވެރިން ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް