ރާއްޖެޓީވީން ގެނެސްދިން ރައީސް ނަޝީދުގެ އިންޓަރވިއު އަކާ ގުޅޭ މައްސަލައެއް ނުބަލާ ކަމަށާއި މީޑިއާތަކުން ފޭކް ނިއުސް ނުފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮވާލައްވައިފި އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެޓީވީން މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ގެނެސްދިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
RTV ah feb 4 gai RN dhevvi intvw massala broadcom in balamun anna kamah bune media ga fathuramun dhanee "fake news"eh. Ekan harukashi ibaaraathun kuvveri kuran. Efadha dhogu habaruthah fathuranee broadcom ge agu vattaalai, rayyithunge medhugai hamanujehun ufadhdhan kamah belevey.
— MVbroadcom (@broadcomMV) March 29, 2018
މިފަދަ ދޮގު ވާހަކަތައް ފަތުރަމުންދަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އަގު ވައްޓާލުމަށް ކަމަށާއި ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
Media gai "fake news" nufethurumashaai habaru fathuravvavaa iru kamaa behey hurihaa faraathegge ves bas himanuvvaigen, zimmaadhaaru kamaa eku habaru hedhdhevumah mi furusathugai ves naseyhaitherivan.
— MVbroadcom (@broadcomMV) March 29, 2018
Broadcom
ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ މީޑިއާގައި ފޭކް ޚަބަރުތައް ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މައުލޫމާތު ފެތުރުމުގައި ހުރިހާ އިދާތާތަކެއްގެ ބަސް ހިމެނުމަށް އެދިފައިވެ އެވެ. އަދި ޒިންމާދާރު ކަމާ އެކު ޚަބަރު ފެތުރުމަށްވެސް ވަނީ ގޮވާލައްވާފަ އެވެ.