ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުވައިތަށް ވަޑައިގެން ހުންނެވި ފޮރިންގ މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ކުވަައިތުގެ ބޮޑު ވަޒީރުގެ ނައިބާއި، ކުވައިތު ފަނޑުގެ އިސް ބޭފުޅުނާއި ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިންގ މިނިސްޓަރ ޑރ. މުހައްމަދު އާސިމް ކުވައިތަށް ވަޑައިގެންފައި ވަނީ ބުދަ ދުވަހު (އިއްޔެ)އެވެ. ފޮރިންގ މިނިސްޓްރީން ބުނީ މިނިސްޓަރު މިހާރު ކުވައިތަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.
މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު (މިއަދު) ފޮރިންގ މިނިސްޓަރު ވަނީ ކުވައިތުގެ ބޮޑު ވަޒީރުގެ ނާއިބު އަދި ފޮރިންގ މިނިސްޓަރު ސަބާހް އަލް ހާލިދް އަލް ހަމަދް އަލް ސަބާހްއާ ބައްދަލުކުރައްވާފައި ވާކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް މިނިސްޓަރީން ބުނެއެވެ.
Special Envoy of the President, Foreign Minister Dr. Mohamed Asim, meets the Deputy Prime Minister and Foreign Minister of #Kuwait, H.E. Sheikh Sabah Al-Khaled Al-Hamad Al-Sabah; holds discussion on further cooperation between the two countries. pic.twitter.com/EC7zQAvXuZ
— MFA Maldives (@MDVForeign) March 29, 2018
މީގެ އިތުރުން ފޮރިންގ މިނިސްޓަރު ކުވައިތު ފަންޑުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ވެސް ފޮރިންގ މިނިސްޓްރީން ބުނެއެވެ. މި ބައްދަލުކުރެއްވުމުގައި ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން ވާހަކަދެކެވުނު ކަމަށާއި، އޭގެ އިތުރުން އެހީގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ފޮރިންގ މިނިސްޓްރީން ބުނެއެވެ.
Special Envoy of the President, Foreign Minister @ASIM_MDV, met with Senior Officials of @KuwaitFund. Disscussed ongoing projects under Kuwait Fund assistance and reiterated commitment to work closely. pic.twitter.com/8dgjwbgxIJ
— MFA Maldives (@MDVForeign) March 29, 2018
ފޮރިންގ މިނިސްޓަރ އާސިމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޚަލީލާއި ރާއްޖެ އިން ކުވެއިތަށް ކަނޑައަޅާފައި ހުންނަވާ ނޮން- ރެސިޑެންޓް ސަފީރު އަބްދުﷲ ހަމީދު އަދި ޑިރެކްޓަ އަބްދުލް ވާރިސް ސައީދު ބައިވެރިވެވަޑައިގަންނަވައެވެ.
ރާއްޖެ އާއި ކުވެއިތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ޑިސެމްބަރު 1، 1977 ގައެވެ.