ކ. މާލެ
|
28 މާރޗް 2018 | ބުދަ 08:51
ބާޒާރު ސަރަހައްދުގައި ގިނަ އަދަދެއްގެ މުދާ ފިހާރަ ބޭރުގައި ބަހައްޓާފައި
ބާޒާރު ސަރަހައްދުގައި ގިނަ އަދަދެއްގެ މުދާ ފިހާރަ ބޭރުގައި ބަހައްޓާފައި
ރާއްޖެ އެމްވީ
އިންފްލޭޝަން
ޖެނުއަރީ މަހު އިންފްލޭޝަން އިތުުރުވި މިންވަރު ދަށަށް
އިންޕްލޭޝަން ރޭޓް ހުރީ 1.1 ޕަސެންޓް މަޑުޖެހިފައި
2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޕްލޭޝަން ރޭޓް ހުރީ 1.3 ޕަސެންޓްގައި

ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތަކުގެ އިންފްލޭޝަން ރޭޓް އިތުރުވި މިންވަރު 1.1 ޕަސެންޓް މަޑުޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ އިގްތިސާދީ މުރާޖައާ ރިޕޯޓްގައި ބުނެފައިވަނީ، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވި މިންވަރު 1.3 ޕަސެންޓްގައި ހުރުމަށް ފަހު 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ރޭޓް އިތުރުވި މިންވަރު 1.1 ޕަސެންޓް އަށް ދަށްވެފައިވާކަމަށެވެ. މިކަމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ކަރަންޓާއި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ކާޑުގެ ބާވަތްތަކުގެ އަގު ދަށްވެފައިވުމެވެ. އެހެން ނަމަވެސް ދިރިއުޅޭ ތަންތަނުގެ ކުއްޔާއި ދުންފަތުގެ ބާވަތްތަކުގެ އަގުތައް މަތިވުމާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ހާއްސަކޮށް ތަރުކާރީގެ އަގު މައްޗަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މީގެ އިތުރުން މަހު މަހަށް ބަލާ އިރު 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންފްލޭޝަން ރޭޓް 0.9 ޕަސެންޓްގައި ހުރުމަށް ފަހު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންފްލޭޝަން ރޭޓް މަތިވެފައި ވަނީ 0.3 ޕަސެންޓަށެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ ތެރެއިން މަހުގެ ބާވަތްތަކާއި ތަރުކާރީގެ އަގާއި ދިރިއުޅޭ ތަންތަނުގެ ކުލި މި މުއްދަތުގެ ތެރޭގައި ކުޑަ މިންވަރަކަށް އިތުރުވެފައިވުން ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

އިންފްލޭޝަން ރޭޓް ދަށްވެފައިވާ އިރު މިދިޔަ އަހަރު އިންފްލޭޝަން އެންމެ މައްޗަށް އަރާފައިވަނީ މެއި މަހު އެވެ. އެ މަހު އިންފްލޭޝަން ރޭޓް ވަނީ 4.6 ޕަސެންޓަށް އަރާފަ އެވެ.  

- ކޮމެންޓް