ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 14:50
މެދުފުށި ރިސޯޓް
މެދުފުށި ރިސޯޓް
ބުކިންގ.ކޮމް
ފަތުރުވެރިކަން
ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެފައި: އިގްތިސާދީ ރިވިއު
ފަތުރުވެރިން ޒިޔާރަތް ކުރި މިންވަރު 14 ޕަސެންޓް އިތުރުވެފައި
ޖެނުއަރީ މަހު ރާއްޖެއަށް 142351 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތް 14 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު އިގްތިސާދީ މުރާޖައާ ރިޕޯޓުން ދައްކައިފި އެވެ.

ޖެނުއަރީ މަހުގެ ތަފާސް ހިސާބުތަކާއެކު އެމްއެމްއޭ އިން  އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 142351 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

މިއީ 2017 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާ އިރު 14 ޕަސެންޓް އިތުރު އަދަދެކެވެ.

މި މުއްދަތުގެ ތެރޭގައި ރިސޯޓްތަކުގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވެސް ވަނީ 14 ޕަސެންޓް އިތުރުވެފަ އެވެ.  ޖަނަވަރީ މަހު ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު އިތުރުވެފައި ވަނީ ޔޫރަޕާއި މެދު އިރުމަތީގެ ގައުމުތަކާއި އޭޝިއާ ޕެސިފިކް ގައުމުތަކުން އައި ފަތުރުވެރިން އިތުރުވުމުގެ ސަބަބުންނެވެ.

ޔޫރަޕުގެ މާކެޓްތަކުގެ ތެރެއިން ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ރަޝިއާ، އިޓަލީ އަދި ފްރާންސް އިންނެވެ.

މެދުއިރުމަތީގެ ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އިތުރުވެފައި ވަނީ ސައުދީ އަރަބިއާއިން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. ޗައިނާ އިން ޒިޔާރަތްކުރި ފަތުރުވެރިން ދަށްވި ނަމަވެސް އިންޑިއާ، ތައިލޭންޑް އަދި ކޮރެއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މި މުއްދަތު ތެރޭގައި އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު، 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު މި އަދަދު 6.5  ދުވަހުގައި ހުރިއިރު، ފާއިތުވި ޖަނަވަރީ މަހުގައިވެސް މި އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ޖަނަވަރީ 2018 ގައި 85 ޕަސެންޓް އަށް އިތުރުވެފައިވާއިރު މި އަދަދު 2017  ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ހުރީ 84 ޕަސެންޓް ގައެވެ.

- ކޮމެންޓް
27 މާރޗް 2018 | އަންގާރަ 14:58
ބަޖެޓު، ޓުއަރިސްޓުންތަ؟
ތިބުނީ ބަޖެޓު، ޓުއަރިސްޓުންތަ؟