ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލަ ތަކަކާއި ގުޅިގެން ފަސް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ މިމައްސަލަތަކާއި ގުޅިގެން ހޯދަމުންދާ މީހުންނަކީ ސ.ހިތަދޫ، އަޝްރަފްމަންޒިލް، އަޙްމަދު ނިޒާރު (29އ) އާއި ހދ.ކުޅުދުއްފުށި، ޝިއުނީވިލާ، މުޙައްމަދު ސިރާޖު (27އ) އާއި މ.މުލައް، ފެހިއަލި، ޢަލީ އަކްރަމް (28އ) އާއި ޏ.ފުވައްމުލައް، ދިގުވާޑު.ރޯޒީ، މުޙައްމަދު ސަޢީދު ޙުސައިން (36އ) އަދި ނ.ވެލިދޫ، ހުސްނޫގެ، އާދަމް ޙަސަންފުޅު (40އ) އެވެ.
ފުލުހުން ބުނީ މި ފަސް މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.