ކ. މާލެ
|
26 މާރޗް 2018 | ހޯމަ 12:20
ދައުލަތުގެ ޓެކްސް އިދާރާ މީރާ
ދައުލަތުގެ ޓެކްސް އިދާރާ މީރާ
އަޒުމޫން އަހުމަދު
މީރާ
ޖީއެސްޓީއަށް ވިޔަފާރިތައް ހޭލުންތެރި ކުރުމަށް ހާއްސަ ސެޝަން ތަކެއް ބާއްވަނީ!
ކޮންމެ ސެޝަނެއްގައި 25 މީހުންނަށް ބައިވެރިވެވޭނެ
ޖީއެސްޓީއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ބާއްވަނީ އޯކިޑް ބިލްޑިންގގައި
ޖީއެސްޓީ ތައާރަފްކޮށްފައިވަނީ 2011 ވަނަ އަހަރު

ޖީއެސްޓީއަށް އާންމުން ހޭލުންތެރި ކުރުމަށް ހާއްސަ ސެޝަން ތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ހުޅުވާލައިފި އެވެ.

 މި ސެޝަންތައް ހާއްސަ ކުރެވިގެންދަނީ އަލަށް ވިޔަފާރި ރަޖިސްޓަރީ ކުރާ ފަރާތްތަކާއި އަލަށް ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރި ރަޖިސްޓަރީ ކުރާ ފަރާތްތަކެވެ. މީގެ ތެރެއިން އެއް ސެޝަން ކުރިއަށްގެންދަނީ އަންގާރަ ދުވަހު އެވެ. އަދި ދެވަނަ ސެޝަން ކުރިއަށްދަނީ ބުދަ ދުވަހު އެވެ. ކޮންމެ ސެޝަނެއްގައި ވެސް 25 މީހުންނަށް ބައިވެރިވެވޭ އިރު ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފަ އެވެ.

ޖީއެސްޓީއާ މެދު ވިޔަފާރިތައް ހޭލުންތެރި ކުރުމުގެ ގޮތުން މިފަދަ މައުލޫމާތުދޭ ސެޝަނެއް ބާއްވާފައިވާ އިރު މީގެކުރިން ވެސް ޖީއެސްޓީއަށް ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު މައުލޫމާތުދޭ ސެޝަންތައް މީރާއިން ބާއްވާފައިވެ އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) އަކީ 02 އޮކްޓޫބަރު 2011 އިން ފެށިގެން، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ނަގާ ޓެކްސް އެކެވެ.

މި ޤާނޫނު ފާސްވުމުގެ ކުރިން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގަމުން އައި ޓެކުހުގެ ނިޒާމު ވަނީ މި ޤާނޫނުގެ ދަށަށް ފަހުން ބަދަލުވެފައެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުން ލާޒިމުވަނީ އެ ފަރާތަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގު އަހަރެއްގެ މައްޗަށް އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކެވެ. އެހެން ނަމަވެސް ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރާ ފަރާތްތަކާއި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތްތަކުން، އެ ފަރާތަކަށް ލިބޭ އާމްދަނީ އަހަރެއްގެ މައްޗަށް އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވިނަމަވެސް ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަން ޖެހޭނެއެވެ.

 

- ކޮމެންޓް