ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް އަރައިގަތުމަށް އެހީތެރިވުމަކީ ކުށަކަށް ހަދައި އެފަދަ މީހުންނަށް ލިބޭ އަދަބު ހަރުކަށި ކުރަންޖެހޭ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ އެއްބާރުން އަނެއް ބާރަށް އަރައިގަތުމަކީ ދައުލަތް ފުނޑާލުން ކަމަށެވެ. އެކަމަކީ ގާނޫނުއަސާސީ އިރާލުން ކަމަށާއި ގައުމަށް ވެވޭ އެންމެ ބޮޑު ހިޔާނާތް ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު، އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސް، އެތަންތަން ސިފައިން ކޮންޓްރޯލް ކުރަމުންދާ ދަނޑިވަޅެއްގައި މާރިޔާ ވިދާޅުވީ އެއް ބާރުން އަނެއް ބާރަށް އަރައިގަތުމާއި އެފަދަ ކަމަކަށް އެހީތެރިވާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭނީ ނިޒާމު ގަޑުބަޑުވިޔަ ނުދިނުމަށް ކަމަށެވެ.
Nizam gadu badu koh eh baarun aneh baarah araigathun adhi efadha kamakah eheetherivun e ee kushakah hadhaa efadha meehunnah libey adhab harukashivaan ebajehey. E ee #DhaulathehFundaalun #QanoonGeAssaassIraalun Qawm ah veveyne #EmmeBoduKhiyaanaiy #MaldivesInCrisis pic.twitter.com/qJOTc61d0O
— Mariya Didi (@MariyaDidi) March 24, 2018
މާރިޔާ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ ހަދާފައި ވަނީ ބާރުތައް ބަހައިގެން ކަމަށާއި އެގޮތުން ތިން ބާރު ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމާ އެކު މެމްބަރުން ޖަލަށްލައި ގާނޫނުއަސާސީއާ ހިލާފަށް މެމްބަރުންގެ ގޮނޑި ގެއްލުވާލާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ ރައީސް ޔާމީން ހިތްޕުޅާނުވާ ހުކުމެއް ސުޕްރީމް ކޯޓުން ނެރުމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
Raajjeyge QA Baarthah baha 3Baarah baarthah behi. RY ah Majlis aglabiyyath gellumai eku, MP’n jalahlaa QA aai hilafah MP’n ge gondi nigulhagaiy. SCge 5Fandyarun RY hihpulhu hamanujehey hukmeh nerunee #SoE ey kiyaafa Qanoon aai hilaafah CJ aai FandyarAliHamyd hayyarkuri pic.twitter.com/GmB8vu8Mvb
— Mariya Didi (@MariyaDidi) March 24, 2018