ކ. މާލެ
|
21 މާރޗް 2018 | ބުދަ 08:34
ގޫގްލްއިން މިހާރުވެސް ނޫސްވެރިންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން
ގޫގްލްއިން މިހާރުވެސް ނޫސްވެރިންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން
ގޫގުލް
ގޫގްލް
ނޫސްވެރިކަމަށް 300 މިލިއަން ޑޮލަރު ގޫގްލް އިން ޚަރަދުކުރަނީ
ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް އައު ޓެކްނޮލޮޖީ އުފައްދާނެ ކަމަށް ގޫގްލްއިން ބުނޭ

ނޫސްވެރިކަން ތަރައްޤީކުރުމަށާއި، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް 300 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ނިންމާފައިވާ ކަމަށް ގޫގްލް އިން ބުނެފިއެވެ.

ގޫގްލްއިން ބުނާ ގޮތުގައި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް އެކުންފުނީގެ ސަރޗް އަލްގޮރިދަމްއަށް މިހާރު ވެސް ބަދަލުތަކެއް ގެނެވިފައިވާއިރު، އިތުރު ދިރާސާތަކެއް ކޮށް، އިތުރު ބަދަލުތަކެއް ގެނައުމަށް އެކުންފުނި އޮތީ ތައްޔާރަށެވެ.

ގޫގްލްއިން ނޫސްވެރިކަމަށް ބޮޑު ޚަރަދެއް ކުރަން ނިންމިއިރު، ނޫސް މަޖައްލާތަކަށް އިޝްތިހާރުގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑު އިންސައްތައެއް ގޫގްލް ފަދަ ކުންފުނިތަކަށް މިހާރު ލިބޭކަން ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގައި އެކަނި ވެސް ޑިޖިޓަލް އިޝްތިހާރުތަކަށް ކުރާ ޚަރަދުގެ 71 އިންސައްތަ ފައިސާ ލިބޭނީ ފޭސްބުކް އަދި ގޫގްލްއަށެވެ. އެކަމާ ގުޅޭ ގޮތުން ގޫގްލްގެ ޗީފް ބިޒްނަސް އޮފިސަރ ފިލިޕް ޝިންޑްލަރ ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދާއިރާގެ އެކި ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ގޫގްލް އިން މިހާރު ވެސް ދަނީ ގޫގްލް ނިއުސް ފަދަ ޕްރޮޑަކްޓްތައް މެދުވެރިކޮށް ނޫސްތަކާ އެކު މަސައްކަތްކުރަމުންނެވެ. އަދި ދާދި ފަހުން ހޮންގްކޮންގް ނޫހެއް ކަމަށްވާ ސައުތު ޗައިނާ މޯނިން ޕޯސްޓާ ގުޅިގެން ވަރޗުއަލް ރިއަލިޓީ ޕްރޮޖެކްޓެއް ވެސް ހިންގާފައިވެއެވެ.

ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް ވެސް ގޫގްލް އިން މަސައްކަތް ފަށާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް ގޫގްލް އާއި ފޭސްބުކް ފަދަ ކުންފުނިތަކުން މަސައްކަތް ނުކުރާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މިފަދަ އެއް މިސާލަކީ 2017 ވަނަ އަހަރު އެމެރިކާގެ ލާސްވޭގަސްގައި ހޮޓަލަކަށް ހަމަލާދީ މީހަކު 50 މީހުން މަރާލި ހާދިސާއެވެ. މިޙާދިސާގައި ބަޑި ޖެހި މީހާއަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއް ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕާ އިދިކޮޅު މީހެއް ކަމަށް ބުނެ ފެތުރުނު ދޮގު ޚަބަރު ޕްރޮމޯޓް ވެފައިވަނީ ގޫގްލް އަދި ފޭސްބުކްގެ ޕްލެޓްފޯމްތަކުގެ ތެރެއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް