ޤާނޫނީ ވަކީލުންނަށް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ބައްދަލުނުކުރެވޭނެކަމަށް އަންގައި، ޤާނޫނީ ވަކީލުންގެ ބައްދަލުވުން ދިނުމަށް ފުލުހުން ދެކޮޅު ހަދާފައިވާކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.
ފާރިސް މައުމުންގެ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާ ޤާނޫނީ ވަކީލް މުހައްމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފާރިސް މައުމޫނަށް ޤަނޫނީ ވަކީލުންގެ ބައްދަލުވުން ނުދޭނެކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. އެއީ އިންވެސްޓިގޭޝަން އޮފިސަރު، އެއްވެސް ވަކީލަކަށް ފާރިސް މައުމޫނާއި ބައްދަލުކުރުމަށް ފުރުސަތު ނުދިނުމަށް އަންގާފައިވާތީކަމަށް ފުލުހުން ބުނިކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ޤާނޫނީ ވަކީލެއްގެ ހައްޤަކީ އެއްވެސްގޮތަކަށް ސަސްޕެންޑްކުރެވޭނެ ހައްޤެއް ނޫންކަމަށްވެސް ވަކީލް ވިދާޅުވި އެވެ.
Lawyer visit form of @afarismaumoon rejected by @PoliceMv saying that they have been instructed by Investigation officers NOT to accept any lawyer visits for Faris
— faisal_cappi (@cappi5) March 19, 2018
This is unacceptable
Right to a lawyer cannot be suspended@amnesty @hrcmv @IPUparliament @yumna_maumoon @maanhameed
ފާރިސް މައުމުނަށް ޤާނޫނީ ވަކީލުންނާއި ބައްދަލުކުރުމަށް ފުލުހުން ހުރަސްއަޅާފައިވާކަމަށް ވަކީލުން ވިދާޅުވާއިރު، ވަކީލުންގެ ޤައިރު ހާޒިރުގައި ތަހުޤީޤަކަށް ކަމަށް ބުނެ ގޮޅިން ނެރެ ފާރިސްއަށް އެތަށް އަނީޔާތަކެއްދީފައިވާކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި އެގެ ފަހުން ފާރިސް މައުމޫން ދެ ރެޔެއްގެ މަތިން އައިޖީއެމްއެޗަށް ގެނެވި ފަރުވާވެސްދީފައިވެއެވެ.
ވަކީލުން ވިދާޅުވެފަިއވާގޮތުގައި ފާރިސް މައުމޫން، ތަހުގީގުގައި ސުވާލު ކުރުމަށް ގަދަކަމުން ގޮޅިން ނެރުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓި ކޮނޑުހުޅަށް ލިބިފައިވާ އަނިޔާ ސީރިއަސް އެވެ. އަދި ތަހުޤީޤްކުރުމުގެ ނަމުގައި ފާރިސްއައިމެދު އަމަލުކުރެވެނީ ވަރަށް އަނިޔާވެރިގޮތެއްގައިކަމަށް ވަކީލުން ވިދާޅުވި އެވެ.