އުއްތަމަ ފަނޑިޔާރު ހައްޔަރުކުރެވޭނީވެސް ވަކި އިޖުރާތުތަކެއްގެ ދަށުންކަމަށާއި، ކޮންމެ ގޮތަކަށް ޝަރީއަތް ނުހިންގޭނެކަމަށް ޤާނޫނީ ވަކީލް އަދި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދިދީ ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް، ގިނަ ދުވަސްތަކެއްވެފައިވަނިކޮށް އާދިއްތަ ދުވަހު ކުއްލިގޮތަކަށް ޝަރީއަތް ފަށައި ކޯޓަށް ހާޒިރުކުރުމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާރިޔާ ދީދީ ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރެވޭނީ ވަކި އިޖުރާއަތުތަކެއްގެ ދަށުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީވެސް ހާއްސަ އިމްތިޔާޒްތަކެއް ލިބިވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
ސަބަބެއްކަމަށް މާރިޔާ ވިދާޅުވީ އެ ބޭފުޅުންގެ ވަޒީފާގެ ބޮޑުކަމުން އެ ބޭފުޅުންނަށް ހާއްސަ އިމްތިޔާޒްތަކެއް ލިބިދީފައިވުންކަމަށެވެ. އެހެންކަމުން އެޔާއި ހިލާފަށް، ހައްޔަރުކޮށް ޝަރީއަތް ކުރިއަށްގެންދެވިދާނެކަމަށް ޤަބޫލުނުކުރައްވާކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަނޑިޔާރުންނާއި ބެހޭ ޤާނޫނު ހެދިއިރު، އަޅުގަނޑުމެން ޤާނޫނު ހަދާފައި އޮންނާނީ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރަންޖެހުނަސް ވަކި ހާއްސަ އިޖުރާތުތަކެެއްގެ ތެރެއިން އެކަން ކުރަންޖެހޭނެ ކަމަށް"
ޝަރީއަތް ކުރިއަށްގެންދަވަނީ އާންމު އިޖުރާތުގެ ދަށުންކަމަށް ޤާޒި ވިދާޅުވާއިރު، އާންމު އިޖުރާތަކީ އޮންނަ އެއްޗެއް ނޫންކަމަށް މާރިޔާ ވިދާޅުވިއެވެ. އިޖުތާތުގެ ޤާނޫނެއް ގެނައީވެސް އެ ސަބަބާއިހުރެ، ފަނޑިޔާރުންނާއި ވަކީލުންނާއި، ހުރިހާ ފަރާތްތަކެއް އަމަލުކުރާނެ އިޖުރާތެއް ޤާއިމްކުރުމަށް ކަމަށާއި، އެއީ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދިޔަ ފަސޭހައެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ގާޒީ ހިތުހުރި ގޮތަކަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އެފަދަ މަޤާމެއްގައި ހުންނަވާއިރު ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ދުށިން އެތާ ހުންނަވާ ލޯޔަރުވެސް ވިދާޅުވީ އެއީ އާބްޓްރީއޭ. ތިމަންނަ ހިތު ހުރި ގޮތަކަށް، ތިމަންނަ ބޭނުންގޮތަކަށޭ ކަންކަން ގެންދާނޭ. އެހެނެއް ނުކުރެވޭނެ އެނގޭތޯ."