ހައްޤާއި އިންސާފު ލިބިގަތުމަށް ރައްޔިތުން ނިކުންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޤާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އެކުވެރިކަމަކީ ގަފަދަ ބާރެއް ކަމަށެވެ. އަދި އެހެންމެހައި ލޮބުވެތި ރައްޔިތުން ކޮނޑާ ކޮނޑު ޖައްސަވައި، އަތާއި އަތް ގުޅާލާ މި އަނިޔާވެރިކަމާއި ދެކޮޅަށް ނިކުންނެވުމަށް ޤާސިމް ވަނީ ގޮވާލައްވާފަ އެވެ.
ޤާސިމް ވިދާޅުވި ގޮތުގައި ހައްޤާއި އިންސާފު ލިބިގަތުމަށް ރައްޔިތުން ގޭގައި ނުތިބެ މަގުތަކަށް ނިކުންނަންޖެހެ އެވެ. އަދި މި އަނިޔާވެރިކަމުން އެންމެން ސަލާތްވާނެކަމަށްވެސް ޤާސިމްގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
Ekuverikamakee gadhafadha baareh! Enmehai lobuvethi rayyithun kondaakondu jassavaa Athaa Aiy gulhaalaa’mi aniyaaverikamaa dhekolhah nikunnavaa. Haqqaa insaafu libigathumah nikunnavaa geygai nuthihbavaa Allah iraadha kureviyyaa mi aniyaaverikamun alhugandumen enmen salaamaiyvaane!
— Qasim Ibrahim (@qasimibrahim) March 16, 2018
ޤާސިމް މިފަދައިން ޓުވީޓްކުރައްވާފައިމިވަނީ އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށްވެ. އެގޮތުން މިރޭގައި "ހުއްޓުވާ" ނަމުގައި މަގުތަކުގައި ސުލްހަވެރި އެއްވުމެއް ކުރިއަށްގެންދިއުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފަ އެވެ. "ހުއްޓުވާ" ނަމުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ މުޒާހަރާ ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގަ އެވެ.