ކ. މާލެ
|
16 މާރޗް 2018 | ހުކުރު 09:28
ޔޫރަޕިއަން ޕާލަމެންޓް
ޔޫރަޕިއަން ޕާލަމެންޓް
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
އީޔޫ ޕާލަމެންޓްގައި ރާއްޖެ
އީޔޫގެ ޤަރާރު: ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިން ވިސްނަންޖެހޭ!
ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ކައުންސިލަށް ވަނީ ފޮނުވާފައި
ދަތިކުރުމުގެ ފިޔަވަޅު އަޅާނީ ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރާ ގުޅުން އޮންނަ ވިޔަފާރިވެރިންނަށް
ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން މަޝްވަރާކުރުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ގޮވާލި

ޔޫރަޕިއަން ޕާލަމެންޓުން ބުރާސްފަތި ދުވަހު ފާސްކުރި ޤަރާރަކީ ދިވެހި ސަރުކާރަށް މާބޮޑު ބިރެއް އޮތް އެއްޗެއް ނޫން ކަމަށާއި، އެއާ މެދު ދިވެހިން ވިސްނަން ނުޖެހޭނެ ކަމަށް ދިވެހިންނަށް ވިސްނައިދިނުމަށް ސަރުކާރުން އެދަނީ މަސައްކަތްކުރަމުންނެވެ. އަދި މިޤަރާރުގައި ހުރީ އެއްވެސް އޮއްޓަރެއް ހުރި އެއްޗެއް ނޫން ކަމަށް ދެއްކުމަށް ސަރުކާރުން އެދަނީ މަސައްކަތްކުރަމުންނެވެ.

އެހެން ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. މިޤަރާރަކީ ދިވެހިންނަށް، ޚާއްސަކޮށް ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން އެކަމާ މެދު ވިސްނަން ޖެހޭ އެއްޗެކެވެ. ޔޫރަޕިއަން ޕާލަމެންޓުން އެނެރުނު ޤަރާރުގައި ދިވެހި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި، ސަރުކާރާ ގުޅުން ހުރި ވިޔަފާރިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ކައުންސިލަށް ގޮވާލުމުން އެކަމަކީ ކުޑަކަމެއް ނޫނެވެ. އެފަދަ ފިޔަވަޅުތަކެއް އަޅައިފި ނަމަ މިހާރު ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގައި ހުރި އެބޭބޭފުޅުންގެ މުދާތައް ހިފެހެއްޓޭނެއެވެ. އެބޭފުޅުންނަށް ވިލާތުގެ އިއްތިޙާދުގެ ތެރޭގައި އެއްވެސް ވިޔަފާރިއެއް ނުކުރެވޭނެއެވެ. އެބޭފުޅުންނާ އެކު ވިޔަފާރީގެ އެއްވެސް މުއާމާލާތެއް ކުރުން ވިލާތުގެ ޤައުމުތަކުގެ ރައްޔިތުންނަށް މަނާކުރެވޭނެއެވެ. އެބޭފުޅުންގެ ބޭންކް އެކައުންޓެއް ވިލާތުގެ އިއްތިޙާދުގެ ޤައުމެއްގައި ހުރި ނަމަ، އެއެކައުންޓެއް ފްރީޒް ކުރެވޭނެއެވެ. އެބޭފުޅުންނަށް ވިލާތުގެ އިއްތިޙާދުގެ ޤައުމަކަށް ދަތުރުނުކުރެވޭނެއެވެ. އެބޭފުޅުންގެ އާއިލާތަކާއި ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަމަ އާއިލާގެ ބޭފުޅުންނަށް ވެސް މިދެންނެވި ކަންކަން ހިނގާނެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ސަރުކާރާ ގާތްގުޅުމެއް ބާއްވާ ވިޔަފާރިވެރިންގެ ރިސޯޓުތަކަށް ޔޫރަޕްގެ ފަތުރުވެރިން ދަތުރުކުރުން ހުއްޓޭނެއެވެ. ޔޫރަޕްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރާ އެފަދަ ބޭބޭފުޅުންގެ ކުންފުނިތަކަށް އެމުދާ ވިއްކުން އެކުންފުނިތަކުން ހުއްޓާލަން ޖެހޭނެއެވެ. އެފަރާތްތަކަށް ލަންޑަން ފަދަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުތައް މެދުވެރިކޮށް ވިޔަފާރިކުރަން ހުރަސް އެޅިގެންދާނެއެވެ. މިއީ އަދި މިލިސްޓްގައި ހިމެނޭ މަދު ކަންތައްތަކެކެވެ. މިއީ ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި ޤަރާރުގައި ފާހަގަކުރި ބައެއް ކަންތައްތަކެވެ. ޔޫރަޕިއަން ޔޫނިއަނުން ދަތިކުރުމުގެ ފިޔަވަޅު އަޅާއިރު މިއަށްވުރެ ގިނަ ފިޔަވަޅުތައް އެޅުމަކީ ވުން އެކަށީގެން ވާކަމެކެވެ.

ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ކިތަންމެ ބޭފުޅުންނެއްގެ ދަރިން ކިޔަވަމުން އެދަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގައެވެ. އިނގިރޭސިވިލާތް އަދިވެސް އެއޮތީ ވިލާތުގެ އިއްތިޙާދުގެ މެމްބަރު ޤައުމެއްގެ ގޮތުގައެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަމަ އިނގިރޭސިވިލާތުގައި ތިބި ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރާ އެކު ގުޅުން އޮންނަ ވިޔަފާރިވެރިންގެ އާއިލާތައް އެޤައުމުން ވެސް ބޭރުވާން ޖެހޭނެއެވެ.

ވިލާތުގެ އިއްތިހާދުން އެދިން އިންޒާރަކީ ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޤާމުގައި ތިއްބެވި ބޭފުޅުންނަށް އެކަނި ދިން މެސެޖެއް ނޫންކަން ތަކުރާރުކޮށް ފާހަގަކޮށްލަން ޖެހެއެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅާއިރު، ސަރުކާރާ ގާތް ގުޅުމެއް އޮންނަ ވިޔަފާރިވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ކައުންސިލަށް އެގޮވާލީ، ހުދުމުޚުތާރު ވެރިންގެ ވެރިކަން ދެމެހެއްޓުމަށް އެހީވާ ވިޔަފާރިވެރިންނަކީ އެވެރިންނާއި އެއްވަރަކަށް އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ ބައިވެރިން ކަމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުކުރާތީއެވެ.

މިހާ ހިސާބުން ބައެއް ވިޔަފާރިވެރިން ހިތަށް އަރާފާނެ އެއްޗެއް އެބައޮތެވެ. އެއީ ވިޔަފާރިތައް އެހެން މީހެއްގެ ނަން މައްޗަށް ބަދަލުކޮށްލީމަ ނިމުނީ ނޫންތޯއެވެ. އެފަދައިން ހިތްޕުޅަށް އަރާވަޑައިގަންނަވާ ބޭފުޅުންނަށް ހަނދާން ކޮށްލަދޭން ބޭނުންވަނީ ދާދިފަހުން އީޔޫ އިން ނެރުނު ސްޓޭޓްމަންޓާއި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކަތަކެވެ. ސަރުކާރާ ގާތްގުޅުމެއް އޮންނަ ވިޔަފާރިވެރިންނާއި ވިޔަފާރިތައް ލިސްޓްކުރަން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް އެފަރާތްތަކުން ވަނީ ހުށަހަޅާފައެވެ. އެކަންކަން މިހާރު ގޮސްފައިވާނެ ހިސާބާ މެދު އެބޭފުޅުން ވިސްނަވާށެވެ. އެހެންކަމުން މިހާރު ވެސް އެއީ ތައްޔާރުކުރެވިފައިވާ ލިސްޓެއް ކަމަށް ބަލަމާ ހިނގާށެވެ. އެހެންކަމުން ގަރާރަށް އަމަލުކުރަން ފެށުމުން ނުވަތަ އޭގެ ކުރިން ވިޔަފާރިތައް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމަކުން ކުރާނެ ފައިދާއެއް މިހާރަކު ނޯންނާނެއެވެ. 

ވިޔަފާރިވެރިންނަށް މިވަގުތު އޮތް ސަލާމަތުގެ އައްސޭރިއަކީ ސަރުކާރާ ވީހާ ވެސް ދުރުވުމެވެ. އިންސާނީ ހައްޤުތަކަށް އަރައިގަތުމަށް ސަރުކާރަށް ވާގިވެރި ނުވުމެވެ.

- ކޮމެންޓް
16 މާރޗް 2018 | ހުކުރު 13:53
ކާަކު ވާހަކަ؟
ލިއުންތެރިޔާއެވެ ކޮންތާކު ރިބި ވިޔަފާރިވެރިނެއަްހެޔެވެ
16 މާރޗް 2018 | ހުކުރު 09:25
ކާފަ
ޔޫރަޕުން ދިވެއްސަކާމެދު ފިޔަވަޅެއް އަޅައިފިނަމަ ތިކަމަށް ބާރުދިން އެންމެހައި ދިވެހީންނާއި އެމީހުންގެ އެހީތެރި ވިޔަފާރިވެރިންނާއި އެފަރާތްތަކުގެ އާއިލާތަކުގެ ވިޔަފާރިތައް ރާއްޖޭގައި ބަންދުކުރެވޭނެ. އަދި ރާއްޖޭން ބޭރަށް ދަތުރުކުރުންވެސް މަނާލުރެވޭނެ. ކޮށްލިކަމަކަށް ކަމެއްކޮށްލަން ޔާމިނުވަނީ އަންގާފަ