ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ އާއި، އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އީސަ ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހު (މިއަދު) ހަވީރުގެ ވަގުތެއްގައި ގޭގައި ހުންނަވަނިކޮށް، އަށް ވަރަކަށް ފުލުހުން ގޮހެވެ. ނަމަވެސް އީސާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
Kendhikulhudhoo Dhaairage kureege Member adhi MDP Kendhikulhudhoo Dhaairage Raees @MPahmedeasa Fuluhun hayyarukohfi pic.twitter.com/0RUFNwuFw1
— MDP Secretariat (@MDPSecretariat) March 15, 2018
އީސަގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް ޕައްޕި، އަދި ސައިމަން ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރެއް ނުވެއެވެ.
Simon arrested from Al fresco. President Yaameen’s witch-hunt continues.#FreeSimon pic.twitter.com/LQbQSy8haz
— Mickail Naseem (@MickailNaseem) March 15, 2018
.@Pappii5 kisses good bye to his unborn baby after being arrested under illegal SoE powers today. #FreePappi pic.twitter.com/LYT64wgEjc
— Mickail Naseem (@MickailNaseem) March 15, 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރެވިފައިވާ މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް އަރާ ކަމަށް ވަކީލުން ހާމަކުރައްވައެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ތިބީ ދޫނިދުގައި ކަމަށް ވެސް ވަކީލުން ހާމަކުރައްވައެވެ.