ކ. މާލެ
|
14 މާރޗް 2018 | ބުދަ 13:32
ނަރެންދްރަ ޖާ
ނަރެންދްރަ ޖާ
ގެޓީ އިމޭޖަސް
ނަރެންދުރަ ޖާ
އެކްޓަރ ނަރެންދުރަ ޖާ މަރުވެއްޖެ
އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން

ބޮލީވުޑްގެ އެކްޓަރ ނަރެންދްރަ ޖާ  މަރުވެއްޖެއެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝާހުރުކް ޚާންގެ ފިލްމު ރައީސް އިން 2017 ވަނަ އަހަރުގައެވެ.

ނަރެންދްރަ ޖާ މަރުވީ ބުދަ ދުވަހުގެ ހެނދުނު ހާޓްއެޓޭކެއް ޖެހިގެންނެވެ.  ކުރިން ވެސް ތިން ފަހަރެއްގެ މަތިން އޭނާ އަށް ހާޓްއެޓޭކް ޖެހިފައިވާ ކަމަށްވެ އެވެ. އޭނާ މަރުވިއިރު އުމުރަކީ 55 އަހަރެވެ. ފިލްމު ތަކުގެ އިތުރުން ނަރެންދްރަ ޖާ ވަނީ ޓީވީ ސީރީޒްތަކުން ވެސް ފެނިގެން ގޮސްފައެވެ. ޖާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ކާބިލް، ހައިދަރް، ބާހްބަލީ އަދި ސާހޯ ހިމެނެއެވެ.

ޖާ ފިލްމީ ދުނިޔެއަށް ނިކުމެފައިވަނީ 1992 ވަނަ އަހަރުގައެވެ.

- ކޮމެންޓް