ކ. މާލެ
|
14 މާރޗް 2018 | ބުދަ 11:48
ނިމިދިޔަ ފިލްމު އެވޯޑްސްގެ ތެރެއިން ޑާކްރެއިން އެންޓަޓައިންމަންޓުގެ ޓީމް
ނިމިދިޔަ ފިލްމު އެވޯޑްސްގެ ތެރެއިން ޑާކްރެއިން އެންޓަޓައިންމަންޓުގެ ޓީމް
މުހައްމަދު ޝަރުހާން
ޑާކްރެއިން
ޑާކްރެއިންގެ ކުރީގެ ދެފިލްމެއް އަލުން އޮލިމްޕަހަށް
 
އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވާށޭ މަށާ އެކީ އޮލިމްޕަހުގައި އަޅުވާނެ
 
މީ ލޯތްބަކީ އެޕްރީލް 13 ވަނަ ދުވަހު އަޅުވާނެ

ޑާކްރެއިން އެންޓަޓައިންމަންޓުގެ ދެ ފިލްމު ކަމަށްވާ  ވާށޭ މަށާއެކީ އަދި މީ ލޯތްބަކީ އޮލިމްޕަހަހުގައި އަލުން އަޅުވާ ގޮތަށް ނިންމައިފިއެވެ.

ޑާކްރެއިން އެންޓަޓައިންމަންޓުގެ އަލީ ޝިފާއު (ޗިއްޕެ) ބުނީ އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވާށޭ މަށާ އެކީ އޮލިމްޕަހުގައި އަޅުވާނެ ކަމަށާއި އަދި މީ ލޯތްބަކީ އެޕްރީލް 13 ވަނަ ދުވަހު އަޅުވާނެ ކަމަށެވެ.

ވާށޭ މަށާއެކީ އަކީ ނިމިގެންދިޔަ ދިވެހި ފިލްމު އެވޯޑްސްގައިވެސް ގިނަ އެވޯޑްތައް ގެންދިޔަ ފިލްމެވެ. އަދި ވާށޭ މަށާއެކީ އަކީ ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބިގެން ދިޔަ ފިލްމެކެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރި ވާށޭ މަށާއެކީ ގައި ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

މީ ލޯތްބަކީ އަކީ އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް ޗިއްޕެ ޑައިރެކްޓް ކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.

ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް