ކ. މާލެ
|
14 މާރޗް 2018 | ބުދަ 11:30
އަދިތިޔާ
އަދިތިޔާ
ގެޓީ އިމޭޖަސް
އަދިތިޔާ
އަދިތިޔާ މާފަށް އެދެފި
 
ފުލުހުން އޭނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލީ ކަފާލާތުގެ ދަށުން 5،000 ރުޕީސް ދެއްކުމަށް ފަހު

އިންޑިއާގެ ކާމިޔާބު އެއް ފިރިހެން ލަވަކިޔުންތެރިޔާ އަދިތިޔާ ނަޔާރަންގެ އުދިތު ނާރަޔަންގެ ހަމައެކަނި ދަރިފުޅު ލަވަކިޔުންތެރިޔާ އަދިތިޔާ ދުއްވި ކާރަކާއި އޮޓޯއެއް ޖެހި އެކްސިޑްންޓްވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

އެ އެކްސިޑެންޓުގައި އޮޓޯގައި ތިބި ދެމީހުންނަށް ވަނީ އެކިވަރުގެ ގެއްލުންތަކެއް ވެފައެވެ. މިހާދިސާގައި އަނިޔާވި ދެމީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވަނީ ވެސް އަދިތިޔާއެވެ. އެހެން ނަމަވެސް ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލީ ކަފާލާތުގެ ދަށުން 5،000 ރުޕީސް ދެއްކުމަށް ފަހުގައެވެ. ފުލުހުން ވަނީ އޭނާ ދޫކޮށްލިކަމުގައި ވިއަސް ތަހުގީގު ކުރިއަށްދާ ކަމަށް ބުނެފައެވެ. އަދި އޭނާ ކާރު ދުއްވީ މަސްތުވެގެން ތޯ ބެލުމަށް ލޭ ނަގައި ޓެސްޓުތައް ހަދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

 އެކަމާއި ބެހޭގޮތުން އަދިތިޔާ ބުނެފައިވަނީ އޭނާ އެކަމާ ދެރަވާކަމަށާއި އެކަމާ އޭނާ މާފަށް އެދޭކަމަށެވެ.

އަދިތިޔާ ބުނީ ހޮސްޕިޓަލުގައި އެކްސިޑެންޓުގެ ސަބަބުން އެޑްމިޓްކޮށްފައި ތިބި ދެމީހުންނަށް އޭނާ ގޮވާލަން ދިޔަކަމަށާއި އެދެމީހުންގެ ހާލު މިހާރު "ސްޓޭބަލް" ކަމަށެވެ. އަދިތިޔާ ގެއަށް ދޫކޮށްލާފައިވަނީ 12 ގަޑިއިރު ފުލުހުންގެ ހައްޔަރުގައި ހުރުމަށްފަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
14%
86%
ކޮމެންޓް