ގުޅިފައިވާ ޕާޓީތަކުން އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޕްރިންސް ޒައިދު ރައާދު އަލް ޙުސައިންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ހޯދުމަށް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީގަލް އެޑްވައިޒަރު ބެން އެމާސަން ކުރެއްވި ޓްވީޓެއްގައި ވެއެވެ.
Ahmed Naseem, former Foreign Minister of the Maldives (now representing the Maldives opposition) met this morning in New York with the UN High Commissioner for Human Rights, Prince Zeid, to discuss the way forward for the Maldives #MaldivesCrisis pic.twitter.com/pnOnSNY2wV
— Ben Emmerson (@BenEmmerson1) March 13, 2018
ޕްރިންސް ޒައިދާ ގުޅިފައިވާ ޕާޓީތަކުން ބައްދަލުކުރައްވާފައިވާއިރު އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ވެސް މީގެ ކުރިން އެދިވަޑައިގެންފައެވެ. ހަމައެހެންމެ ސިޔާސީ ލީޑަރުންތަކާ އެކު ނުވަ މީހަކު މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނު ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ވެސް ޒައިދު މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
ސަރުކާރާ އެކު އިދިކޮޅު ފަރާތްތަކުން މަޝްވަރާކުރާނީ ހަމައެކަނި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރާ މަޝްވަރާއެއްގައި ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.