ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 11:37
ދީޕިކާ ޕަދުކޯން
ދީޕިކާ ޕަދުކޯން
ގޫގުލް
ދީޕިކާ ޕަދުކޯން
ފިޒިއޯތެރަޕީ ވަރަށް އަވަހަށް ފަށާނަން: ދީޕިކާ
 
ދީޕިާއަށް އަނިޔާވީ ޕަދްމަވަތީ ޝޫޓިންގައި

ވަރަށް އަވަހަށް ފިޒިއޯތެރަޕީ ފަށާނެ ކަމަށް ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ބުނެފިއެވެ.

ފަހަކަށް އައިސް ދީޕިކާ ފެނިގެންދަނީ ކަރުގައި ބެންޑޭޖެއް އަޅައިގެން ހުންނަތަން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ ބެންޑޭޖަކީ އެންމެ ފަހުން ދީޕިކާ ފެނިގެންދިޔަ ފިލްމު ޕަދްމާވަތުގެ ޝޫޓިންގައި އޭނާގެ ކަނދުރާއަށް އަނިޔާވުމުގެ ސަބަބުން އަޅާފައިވާ ބެންޑޭޖެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ކަރުގައި އަޅާފައިވާ ބެންޑޭޖާ ބެހޭގޮތުން ދީޕިކާ ދާދިފަހުން  ބުނެފައިވަނީ އޭނާ މިހާރު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ފިޒިއޯތެރެޕީ ހަދަން ފަށާނެ ކަމަށެވެ. އަދި އޭނާގެ ފޭނުންގެ ފަރާތުން ލިބުނު ލޯތްބަށް ވަނީ ޝުކުރު އަދާކޮށްފައެވެ. ދީޕިކާ ބުނީ އޭނާ މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި އެކަމާއި އޭނާގެ ފޭނުން ކަންބޮޑު ނުވުމަށް އެދޭ ކަމަށެވެ. ޕަދްމާވަތުގައި ދީޕިކާ އަދާކުރަނީ ރާނީ ޕަދްމަވަތީގެ ރޯލެވެ. އެފިލްމަށް މިހާތަނަށް ވަނީ 500 ކުރޯޑް އިންޑިއަން ރުޕީސް އަށް ވުރެ ބޮޑު އާމްދަނީ އެއް ލިބިފައެވެ. ޕަދްމާވަތުގައި ދީޕިކާގެ އިތުރުން ފެނިގެންދަނީ ރަންވީރު ސިންހް އާއި ޝާހިދު ކަޕޫރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
33%
0%
0%
0%
67%
ކޮމެންޓް