ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 11:11
ޖިވޮންޝީ
ޖިވޮންޝީ
ޓްވިޓަރ
ޖިވޮންޝީ މަރުވުން
ފްރާންސްގެ ފެޝަން ޑިޒައިނާ ޖިވޮންޝީ މަރުވެއްޖެ
 
ޖިވޮންޝީ މަރުވީ 91 އަހަރުގައި

ފްރާންސްގެ ފެޝަން ޑިޒައިނާ ޖިވޮންޝީ އުމުރުން 91 އަހަރުގައި މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ ނިދާފައި އޮއްވާކަމަށް އޭނާގެ ވިޔަފާރީގެ ބައިވެރިޔާ އަދި މަޝްހޫރު ޑިޒައިނަރު ފިލިޕޭ ވެނެޓް ވަނީ ބުނެފައެވެ. ޖިވޮންޝީ މަރުވުމާއި ގުޅިގެން ހައުސް އޮފް ޖިވޮންޝީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާ މަރުވުން އެއީ ހިތާމަ ކުރާކަމެއް ކަމަށާއި އޭނާ މަތިން އަބަދު ވެސް އެކުންފުނިން ހަނދާން ހުންނާނެ ކަމަށެވެ.

ޖިވޮންޝީ ވަނީ އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ޖެކީ ކެނެޑީގެ ހެދުންތައް ވެސް ފަރުމާ ކޮށްދީފައެވެ. އޭނާ އެންމެ މަޝްހޫރު ވެގެން ދިޔައީ އެކްޓްރެސް އޯޑްރޭ ހެޕްބާން ބޭނުން ކުރި ލިޓްލް ބްލެކް ޑްރެސްއިންނެވެ. އޭނާ ވަނީ މޮނާކޯގެ ރާނީ ގްރޭސް ޕްޓްރީޝިއާގެ ހެދުންތައް ވެސް ފަރުމާ ކޮށްދީފައެވެ.

ފްރާންސްގެ ލަގްޒަރީ ގްރޫޕް އެލްވީއެމްއެޗްއިން ވަނީ ޖިވޮންޝީ ލޭބަލް ގަނެފައެވެ. ނަމަވެސް އޭގެ ފަހުން ވެސް އޭނާ އެކުންފުނީގެ ކްރިއޭޓިވް ޑިޒައިނަރަކަށް ހަތްއަހަރު ވަންދެން ހުއްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް