އެމްޑީޕީންވެސް, އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ދައްކަވާ ވާހަކަފުޅުތަކަކީ، އަދި ކުރައްވާ ކަންތައްތަކަކީވެސް ގުޅިފައިވާ ޕާޓީތަކުން އެދޭ މިންވަރަށް ކުރައްވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރާ ރައީސް ނަޝީދާއެކު ސިއްރުން ވާހަކަތަކެއް ދެއްކެވިކަމަށް ސަރުކާރުގެ ފަރާތުން ޕާޓީ ޓޯކްސްގެ އިސް ވެރިއެއްގެ ގޮތުގައި ހަރަކާތްވާ ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ "އެމްޑީޕީ އެހެން ޕާޓީތަކާއެކު އިއްތިހާދުވިފަހުން އެމްޑީޕީވެސް އަދި އަޅުގަނޑުވެސް ދައްކާ ވާހަކަވެސް އަދި ހިންގާ ކަންކަންވެސް ހިންގަނީ އިއްތިހާދުގެ ޕާޓީތަކާ މަޝްވަރާކޮށް ހުރިހާ ޕާޓީތައް އެދޭ މިންވަރަށް އަދި އެދޭ ގޮތަށް" ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ކަން ހިނގާނީ އެގޮތައް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
MDP ehen party thakai eku iththihaadhvi fahun, MDP ves adhi alhugan’duves, dhahkaa vaahakaves adhi hingaa kankanves, hinganee iththihaadhge party thakaa mashavaraa koh, huriha party thah edhey minvarah adhi edhey gothah. Kuriah oiythaagaves kan higaanee egothah
— Mohamed Nasheed (@MohamedNasheed) March 12, 2018
ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވާއިރު ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައިވެސް ވިދާޅުވީ ޕާޓީތަކުގެ ކޮންމެ ލީޑަރަކުވެސް ކަމެއް ކުރައްވާނީ އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރުމަށްފަހު އެޕާޓީތަކުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ޕާޓީތަކަށް ލިބިފައިވާ އެންމެބޮޑު ކާމިޔާބީއަކީވެސް އަދި ލިބޭ ކާމިޔާބީއަކީވެސް އެގޮތުގައި ދެމިތިބުން ކަމަށެވެ.