ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ އެއަރޕޯޓުގެ ރަންވޭމަތިން ކައްސާލައިގެން އެކްސިޑެންޓްވި މަތިންދާބޯޓުގައި ދިވެއްސަކު އިންކަމަށާއި، އޭނާއަށް ފަރުވާ ދެމުންދާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
ޚާރިޖިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ. އަދި އޭނާގެ ޙާލު ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުންނަ ދިވެހި އެމްބަސީއިންނާއި ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ދިވެހި އެމްބަސީއިން ކަތަމަންޑޫގައި ހުންނަ އޮނަރަރީ ކޮންސުލް މެދުވެރިކޮށް ބަލަމުން އަންނަކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
A Maldivian, who was onboard the US-Bangla Airlines that crashed in Kathmandu, is currently being treated at a hospital in Kathmandu for injuries.
— MFA Maldives (@MDVForeign) March 12, 2018
MFA and Missions in Dhaka and Islamabad in contact with Maldives Hon. Consul in Kathmandu, monitoring the situation.
ކަތަމަންޑޫގައި މިއަދު އެކްސިޑެންޓްވީ ބަންގްލަދޭޝްގެ އެއަރލައިނެއްކަމަށްވާ ޔޫއެސް-ބަންގްލާ އެއަރލައިންސްގެ މަތިންދާބޯޓެކެވެ.
މިމަތިންދާބޯޓުން 67 ފަސިންޖަރުންނާއި 4 ފަޅުވެރިން ދަތުކުރިއެވެ. އެކްސިޑެންޓްވެ، މަތިންދާބޯޓުގައި އަލިފާންރޯވުމުގެ ސަބަބުން 38 މީހަކު މަރުވިކަން ކަށަވަރުވާކަމަށް އޮފިޝަލުން ބުނެއެވެ.
އިތުރު ތަފްޞީލް އަންނަނީ..