ކ. މާލެ
|
12 މާރޗް 2018 | ހޯމަ 20:11
ރާޅުގަޑު ބޮޑުބެރު ގްރޫޕް
ރާޅުގަޑު ބޮޑުބެރު ގްރޫޕް
ފޭސްބުކް
ސުޕާރީގެ އަގު ބޮޑުކުރުން
ސުޕާރީގެ އަގު ބޮޑު ކުރުމުން ރާޅުގަނޑު ބޮޑުބެރު ގްރޫޕުން ނިކުމެއްޖެ
 
މި ވީޑިއޯ ލަވައިގެ ލިރިކްސް އަދި ކިޔާފައިވަނީ ހައްމާދު ރަޝީދު (ހަމްޕު)

ދިވެހިންގެ ތެރޭގައި މަގުބޫލު ދުފުމެއް ކަމަށްވާ ސުޕާރީގެ އަގު އިންތިހާއަށް ބޮޑުވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހު ކޮޅުގައެވެ.

މިކަމާއި ގުޅިގެން ރާޅުގަނޑު ބޮޑުބެރު ގުރޫޕުން ވަނީ ލަވައެއް މިހާރު ރިލީޒް ކޮށްފައެވެ.

"ދަ ސުޕާރީ ސޯންގް" ގެ ނަމުގައި އާދީއްތަ ދުވަހު އިރު އޮއްސުނު އިރު ފޭސްބުކަށް ލާފައިވާ މި ވީޑިއޯ ލަވައިގެ ލިރިކްސް އަދި ކިޔާފައިވަނީ ހައްމާދު ރަޝީދު (ހަމްޕު)އެވެ.

ލަވަ ފެށިގެން އަންނަނީ ސުޕާރީއެއް ދޭން ބުނާ ހިސާބުންނެވެ. އަދި ސުޕާރީއެއްގެ އަގު އެއް ރުފިޔާއަށް އަރާކަމަށާއި ގައުމު މިހާ ހިސާބަށް ވެއްޓުނީ ސުޕާރީގެ އަގު އުފުލުމުން ކަމަށް ލަވައިގައި ކިޔައެވެ. ސުޕްރީމް ކޯޓުގެ އަމުރާއި އެކީ ސުޕާރީ އަގުބޮޑު ކޮށްފައިވާ ކަމަށާއި އެހެން ކަމުން މިކަން މިފަހަރު ބަދަލުކުރާނެ ކަމަށް މި ލަވައިގައި ބުނެއެވެ.

މިހާތަނަށް މިލަވަ ބެލިމީހުންގެ އަދަދު ދިހަހާހަށް އަރާފައިވާއިރު މިލަވައަށް ކޮމެންޓު ކޮށްފައިވާ ފަރާތްތަކުގެ ކޮމެންޓް ތަކަށް ބަލާއިރު ޖުމްލަކޮށް މި ލަވައަށް ކޮށްފައި ހުރީ ޕޮޒިޓިވް ކޮމެންޓްސްތަކެވެ. ޒުވާނުންނަށް މި ލަވައަށް ކަމުދާކަން ވަނީ ހާމަވެފައެވެ. އަދި ސުޕާރީ އަގުހެޔޮ ކުރުމަށް ވެސް ވަނީ ކޮމެންޓުތަކުގައި ގޮވާލާފައެވެ.  

https://www.facebook.com/Incabyraalhugandu/videos/1591189250971856/?hc_ref=ARR6BPdtruyLfsnIU1D8JYV6kPVEW_dXLvOmTMM2qUdgoSKbHOcY-fCBmeKrPWiLhPs&fref=nf

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
80%
20%
0%
0%
0%
0%
ކޮމެންޓް