ކ. މާލެ
|
12 މާރޗް 2018 | ހޯމަ 23:06
ޕްރިޔާ ޕްރަކާޝް
ޕްރިޔާ ޕްރަކާޝް
ޓްވިޓަރ
ޕްރިޔާ ޕްރަކާޝް
ޕްރިޔާގެ އެންމެ ފުރަތަމަ ބޮލީވުޑްގެ ފިލްމު ރަންވީރު ސިންގް އާއި އެކު
ޕްރިޔާ  މީގެ ކުރިން ބުނީ އޭނާ އަށް ފުރުސަތު ލިބިއްޖެ ނަމަ ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުން ކަމަށް
ޝާހްރުކް ޚާނާއި ރަންވީރު ސިންގް އަށް ވަރަށް ސަޕޯޓްކުރާ ކަމަށް ވަނީ ބުނެފައި

ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕްރިޔާ ޕްރަކާޝް ވާރިޔާ ފުރަތަމަ ފެނިގެން ދާނީ ބޮލީވުޑްގެ ތަރި ރަންވީރު ސިންގް އާއި އެކީގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މަލަޔާލަމް އެކްޓްރެސް ޕްރިޔާ ޕްރަކާޝް ރަންވީރާއިއެކު ފެނިގެންދާނީ ބޮލީވުޑްގެ އާ ފިލްމު ސިންބާ އިންކަމަށެވެ. ސިންބާއިން ފެންނާނެ ކަމަށް މީގެ ކުރިން ވެސް ވަނީ ރަންވީރާއި އެކު ފެންނާނެ އަންހެން ތަރިންގެ ނަންތައް އަޑުއަރާފައެވެ. އޭގެ ތެރޭގައި ދީޕިކާ ޕަދުކޯން އާއި ސާރާ އަލީ ޚާން އަދި ޖާންވީ ކަޕޫރުގެ ނަން ވެސް ވަނީ އާންމު ވެފައެވެ. އެހެން ނަމަވެސް އެންމެ ފަހުގެ އަޑުތައް ފެތުރިފައި ވަނީ ރަންވީރާއި އެކު ސިންބާއިން ފެނިގެންދާނީ ޕްރިޔާ ކަމަށެވެ.

މިހާރު ބެޗްލާސް އޮފް ކޮމާސް ކިޔަވަމުންދާ ޕްރިޔާ ކުޅެފައިވާ މަލަޔާލަމް ފިލްމު "އޮރު އަދާރް ލަވް"ގެ ލަވައެއް ކަމަށްވާ "ނިކްޔާ މަލަރަޔާ ޕޫވީ" ގައި ޕްރިޔާ އެއް ލޯ މަރާލައި މޫނަށް ގެންނަ އިޝާރާތަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ހައިސްކޫލް ލައިފް ދައްކުވައިދޭ މި ލަވައިގައި ފެނިގެން ދަނީ ފިރިހެން ކުއްޖަކު ޕްރިޔާ އަށް ބަލާލުމަށް ފަހު އެއް ބުމަ އަރުވާލުމާ އެކު ރައްދުގައި ޕްރިޔާ ދެ ބުމަ އަރުވާލާ މަންޒަރެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން އެފިރިހެން ކުއްޖާ ދެ ބުމަ އަރުވާލުމުން ޕްރިޔާ އެއްލޯ މަރާލައެވެ. ދެން ފެންނަނީ ފިރިހެން ކުއްޖާ ރަކިވެ ކައިރީގައި ހުންނަ ފިރިހެންކުއްޖެއްގެ ގައިގައި ހިފައިގެން އިސްޖަހާލާ މަންޒަރެވެ.

ޕްރިޔާ  މީގެ ކުރިން ބުނީ އޭނާ އަށް ފުރުސަތު ލިބިއްޖެ ނަމަ ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުން ކަމަށާއި އެ ގޮތުން ޝާހްރުކް ޚާނާއި ރަންވީރު ސިންގް އަށް ވަރަށް ސަޕޯޓްކުރާ ކަމަށާއި އެ ގޮތުން ޝާހްއާ އެކު ފިލްމެއް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.

 

- ކޮމެންޓް
12 މާރޗް 2018 | ހޯމަ 06:40
އަހްމަދު
ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕްރިޔާ ޕްރަކާޝް ވާރިޔާ ފުރަތަމަ ފެނިގެން ދާނީ ބޮލީވުޑްގެ ތަރި ޕްރިޔާ ޕްރަކާޝްއާއި އެކީގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.