ކ. މާލެ
|
12 މާރޗް 2018 | ހޯމަ 10:08
ޕްރިޔަންކާ
ޕްރިޔަންކާ
ބޮލީވުޑް ހަންގާމާ
ކުއެންޓިކޯ
ކުއެންޓިކޯގެ ފަހު އެޕިސޯޑް ނެގުމަށް ޕްރިޔަންކާ އަޔަލޭންޑަށް
 
ކުއެންޓިކޯގެ ތިންވަނަ ސީޒަން ދައްކަން ފަށާނީ އަންނަ އެޕްރީލް މަހުގެ 26 ގައި

އޭބީސީ އިން ދައްކަމުން އަންނަ ކުއެންޓިކޯގެ ތިންވަނަ ސީޒަންގެ ފަހު އެޕިސޯޑް ނެގުމަށް ޕްރިޔަންކާ ޗޮޕްރާ އަޔަލޭންޑަށް ގޮސްފިއެވެ.

ކުއެންޓިކޯގެ ތިންވަނަ ސީޒަން ދައްކަން ފަށާނީ އަންނަ އެޕްރީލް މަހުގެ 26 ގައެވެ. ޕްރިޔަންކާއާއި އެކު ކުއެންޓިކޯގެ ޓީމް މިހާރު ވަނީ އަޔަލޭންޑުގައެވެ.

އާންމުންގެ މެދުގައި މަގްބޫލު ކުއެންޓިކޯ ސީރީޒްގައި ޕްރިޔަންކާ އަދާކުރަނީ އެފްބީއައި އެޖެންޓް އެލެކްސް ޕެރިޝްގެ ރޯލެވެ.ޕްރިޔަންކާ ވަނީ ކުއަންޓިކޯގެ ތިން ވަނަ ސީޒަން ކުޅުމަށް އޭނާގެ އިސްތަށިގަނޑުގެ ސްޓައިލް ބަދަލުކޮށް އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައެވެ.

މީގެ ކުރިން ޕްރިޔަންކާ ބުނެފައި ވަނީ ތިން ވަނަ ސީޒަނުގައި އެފްބީ އައި އެޖެންޓް އެލެކްސް ޕެރިޝްގެ ރޯލު އޭނާ ފެންނާނީ ތަފާތުކޮށް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް