ކ. މާލެ
|
12 މާރޗް 2018 | ހޯމަ 08:45
ބްލެކް ޕެންތާގެ ބައެއް ކާސްޓުން
ބްލެކް ޕެންތާގެ ބައެއް ކާސްޓުން
ގެޓީ އިމޭޖަސް
ބްލެކް ޕެންތާާ
ބްލެކް ޕެންތާއަށް އެއް ބިލިއަން ޑޮލަރު
 
ފިލްމު ރިލީޒް ކޮށްފައިވަނީ ފެބްރުއަރީ 16 ގައި
 
މިފިލްމަށް އެއް ބިލިއަން ލިބުނީ 26 ދުވަހުން

ރިޔާން ކޫގްލާ ޑައިރެކްޓް ކޮށްފައިވާ ފިލްމު "ބްލެކް ޕެންތާ"އަށް އެއް ބިލިއަން ޑޮލަރު ލިބިއްޖެއެވެ.

މާވެލް ސްޓޫޑިއޯސް އިން ޕްރޮޑިއުސް ކުރާ މި ފިލްމްގެ ރަސްމީ ޑިސްޓްރިބިއުޓަރަކީ ވޯލްޓް ޑިޒްނީ ސްޓޫޑިއޯ މޯޝަން ޕިކްޗާސް އެވެ.

"ބްލެން ޕެންތާ" ގެ ކާސްޓުންގެ ތެރޭގައި މި އަހަރުގެ އޮސްކާގެ އެންމެ މޮޅު އެކްޓަރަކަށް ފިލްމް "ގެޓްއައުޓް" އިން ނޮމިނޭޓްވެފައިވާ ޑެނިއަލް ކަލުޔާ އާއި އޮސްކާ ހާސިލްކޮށްފައިވާ ބަތަލާ ލުޕިޓާ ނިއޮންގޯގެ އިތުރުން މައިކަލް ބީ. ޖޯޑަން، ޗަޑްވިކް ބޯޒްމަން، ވިސްޓަން ޑޫކް އަދި އެންޖެލާ ބެސޭ ފަދަ ތަރިން ހިމެނެ އެވެ.

ބްލެކް ޕެންތާ އަކީ މާވެލް ކޮމިކްސް ގެ ކެރެކްޓާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މިކާމިޔާބީއާއި އެކު ބްލެކް ޕެންތާވެފައިވަނީ އެއް ބިލިއަން މާކްއަށް އެރި 33 ވަނަ ފިލްމަށެވެ. އަދި އެއް ބިލިއަން މާކްއަށް އެރި ޑިޒްނީގެ 16 ވަނަ ފިލްމަށެވެ. މި ފިލްމަކީ މާވެލްގެ މި ރެކޯޑު ގާއިމްކުރި ފަސް ވަނަ ފިލްމެވެ.

ޑިޒްނީގެ ޓިކެޓް ސޭލްސްއަށް ބަލާއިރު މިފިލްމަށް އެއް ބިލިއަން ލިބުނީ 26 ދުވަހުންނެވެ. މި ފިލްމު އުފައްދާފައިވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް