ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 12:28
ގާންދީ
ގާންދީ
ގެޓީ އިމޭޖަސް
މަހާތަމާ ގާންދީ
މަހާތަމާ ގާންދީ ސޮއިކުރި ފޮޓޯއެއް 27 ލައްކަ ރުޕީސްއަށް ވިއްކާލައިފި
 
އެއީ 1931 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ނަގާފައިވާ ފޮޓޯއެއް

އިންޑިޔާގެ މިނިވަންކަމުގެ ބައްޕަ، މަހާތުމާ ގާންދީ ސޮއިކޮށްފައިވާ ފޮޓޯއެއް 27 ލައްކަ އިންޑިއަން ރުޕީސްއަށް ވިއްކާލައިފިއެވެ.

މަހާތުމާ ގާންދީގެ މަދު ފޮޓޯތަކުގެ ތެރޭގައި ހިމެނޭ މި ފޮޓޯ އިން ފެނިގެންދަނީ ގާންދީ އާއި މާދަން މޯހަން މަލާވިޔާ އެކުގައި ހިނގާފައިވާ ދާ މަންޒަރެވެ. މާދަން އަކީ ވެސް މިނިވަންކަން ހޯދުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ، ކޮންގްރެސްގެ ރައީސެކެވެ.

1931 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ނަގާފައިވާ މި ފޮޓޯއަކީ  އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި އިސްލާހީ ކޮންފަރެންސެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ.

ގާންދީ އާއި މަލާވިޔާ އަކީ، އިނގިރޭސީންނާއެކު ބޭއްވި އިސްލާޙީ މަޝްވަރާތަކުގައި އިންޑިޔާ ތަމްސީލުކުރި ޑެލިގޭޝަނުގެ ދެ މަންދޫބުންނެވެ.ގާންދީ މަރުވެފައިވަނީ 30 ޖެނުއަރީ 1948 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
33%
0%
0%
0%
0%
67%
ކޮމެންޓް