ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 12:45
ސްރީދޭވީ
ސްރީދޭވީ
ގޫގުލް
ސްރީދޭވީ
ސްރީދޭވީގެ ޑޮކިއުމެންޓްރީއެއް ނެރެނީ
 
ސްރީދޭވީގެ ޑޮކިއުމެންޓްރީ ހަދަނީ ރާމް ގޯޕާލް ވަރްމާ

ފެބްރުއަރީ މަހުގެ 24 ގައި މަރުވި އިންޑިއާގެ މަޝްހޫރު ތަރި ސްރީދޭވީގެ ޑޮކިއުމެންޓްރީއެއް ނެރުމަށް ހަމަޖެހިއްޖެއެވެ.

ސްރީދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ޑޮކިއުމެންޓްރީ ޑައިރެކްޓް ކުރަނީ  ޝޭކަރް ކަޕޫރްއެވެ. މީގެ ކުރިން އަޑުތައް ފެތުރުނީ ސްރީދޭވީގެ ހަޔާތުގެ މައްޗަށް ރާމް ގޯޕާލް ވަރްމާ އާރުޖޭވީ ފީޗާ ފިލްމެއް ހަދަން އުޅޭ ކަމަށެވެ. އެހެން ނަމަވެސް އާރްޖީވީ ވަނީ އެކަން ދޮގުކޮށް އިންޑިއާގެ ތަރިންގެ ތެރެއިން ސްރީދޭވީގެ ރޯލު ކުޅެވޭނެ ވަރުގެ ބަތަލާއެއް ހޯދުމަކީ އުނދަގޫކަމެއް ކަމަށް ބުނެފައެވެ.

ސްރީދޭވީގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ގެނެސްދިނުމަށް ނިންމާފައިވަނީ އޭނާގެ ފިރިމީހާ ބޯނީ ކަޕޫރެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ޑޮކިއުމެންޓްރީގެ މަސައްކަތް ޑައިރެކްޓަރ ޝޭކަރް ކަޕޫރު ވަރަށް އަވަހަށް ކުރާނެއެވެ.

ޕޯސްޓްމޯޓަމް ރިޕޯޓްތައް އާންމު ކޮށްފައިވާއިރު އެ ރިޕޯޓްތަކުގައި ބުނެފައިވަނީ ސްރީދޭވީ މަރުވީ ގެނބިގެން ކަމަށެވެ. ސްރީދޭވީ އެންމެ ފުރަތަމަ ފިލްމު ކުޅެން ފެށީ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. މަރުވިއިރު ސްރީދޭވީގެ  އުމުރުން 54 އަހަރެވެ. އޭނާ މަރުވިއިރު ކައިވެނިކޮށްގެން އުޅުނީ ފިލްމް ޕްރޮޑިއުސަރ ބޮނީ ކަޕޫރާއެވެ. ބޮނީ އާއި ސްރީދޭވީއަށް ދެކުދިން ލިބިފައިވެއެވެ.

ބޮނީ އާއި ކައިވެނި ކުރުމުގެ ކުރިން ސްރީދޭވީ ވަނީ ބޮލީވުޑްގެ ލެޖެންޑް މިތުން ޗަކްރަބޮތީ އާއިވެސް ކައިވެނި ކޮށްފައެވެ. އެ ކައިވެންޏަށް ކުއްޖަކު ލިބިފައެއް ނުވެއެވެ.

އޭނާ ވަނީ އިންޑިއާގެ އެކި ފިލްމުތަކުން ފެނިގެން ގޮސްފައެވެ.  އޭނާ ކުޅުނު ހިންދީ، ތަމަޅަ އަދި ތެލުގޫ ފަދަ ބަސްތަކުގެ ފިލްމުގެ އަދަދު 300 އަށް ވުރެ ގިނަ އެވެ. ސްރީދޭވީގެ އެންމެ ފަހު ފިލްމަކީ މިދިޔަ އަހަރު ނުކުތް "މޮމް" އެވެ. އޭނާއަށް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށް  2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
100%
0%
0%
ކޮމެންޓް