ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 12:32
މަދޫރީގެ ޕްރޮޑަކްޝަން ޓީމް
މަދޫރީގެ ޕްރޮޑަކްޝަން ޓީމް
ޓްވިޓަރ
ޕްރޮޑަކްޝަން ހައުސް
މަދޫރީއާއި އޭނާގެ ފިރިމީހާ ޕްރޮޑަކްޝަން ހައުސްއެއް ހުޅުވައިފި
 
މި ޕްރޮޑަކްޝަން ހައުސް ޚާއްސަ ކޮށްފައިވަނީ މަރާޓީ ފިލްމުތަކަށް

މަޝްހޫރު ބަތަލާ އާއި އޭނާފެ ފިރިމީހާ ޑރ. ސްރީ ރާމް ނޭނޭ ގުޅިގެން ޕްރޮޑަކްޝަން ހައުސް އެއް ހުޅުވައިފިއެވެ.

މަދޫރީ ބުނެފައިވަނީ އޭނާ ހުޅުވައިފައިވާ ޕްރޮޑަކްޝަން ހައުސް އަކީ މަރާޓީ ފިލްމުތަކަށް ޚާއްސަ ކޮށްގެން ހަދާފައިވާ ޕްރޮޑަކްޝަން ހައުސްއެއް ކަމަށެވެ. އެ ޕްރޮޑަކްޝަން ހައުސްގެ ނަމަކީ އާރްއެންއެމްއެވެ. އެއީ މަދޫރީއާއި އޭނާގެ ފިރިމީހާގެ ނަމުގެ ފެށޭއަކުރުތަކެވެ.

މަދޫރީ ބުނީ އޭނާގެ ވަރުގަދަ ޓީމާއިއެކު އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. މީގެ ކުރިން އޭނާ ވަނީ ޑާންސް ވިތު މަދޫރީގެ ނަމުގައި އޮންލައިން އެކަޑަމީއެއް ހުޅުވާ ހިންގަން ފަށާފައެވެ. މަދޫރީ އެންމެ އަވަހަށް ފެނިގެން ދާނީ މަރާޓީ ފިލްމެއް ކަމަށްވާ "ބަކެޓް ލިސްޓް"އިންނެވެ. މަދޫރީ ބުނެފައިވަނީ އޭނާގެ ޕްރޮޑަކްޝަން ހައުސްގައި އޭނާ މަސައްކަތް ކުރާނީ "އާޓިސްޓިކް ސައިޑްގައި" ކަމަށެވެ. އަދި އެތަން ހިންގާނީ އޭނާގެ ފިރިމީހާ ރާމް ކަމަށާއި އެތަން ކުރިއަރުވަން މަސައްކަތް ކުރާނީވެސް އޭނާކަ މަށެވެ. ޕްރޮޑަކްޝަން ހައުސްގެ ކަންތައްތައް ކުރިއަށް ދާނީ ސީދާ އޭނާގެ ބެލުމުގެ ދަށުންކަމަށް މަދޫރީ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް