ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 12:31
އޮބާމާއާއި މިޝެލް
އޮބާމާއާއި މިޝެލް
ގެޓީ އިމޭޖަސް
އޮބާމާއާއި މިޝޭލް
އޮބާމާ އާއި މިޝޭލް ޓީވީ ޝޯއެއް ގެނެސްދެނީ
 
މިކަމާއި ބެހޭގޮތުން ނެޓްފްލިކްސްއިން ނުބުނޭ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލް އޮބާމާ ޓީވީ ޝޯ ތަކެއް ގެނެސްދެއްވަން އުޅުއްވާކަމަށް ޚަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި އޮބާމާއާއި މިޝެލް ޝޯތައް ގެނެސްދޭނީ މަޝްހޫރު ސްޓްރީމިން ކުންފުނި ކަމަށްވާ ނެޓް ފްލިކްސްއާއި ގުޅިގެންނެވެ.

މިކަމާމެދެ އެދެ ބޭފުޅުން ނެޓް ފްލިކްސްއާއި މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް ޚަބަރު ބުނާއިރު މިކަމުގެ ތަފްސީލު ވަރަށް އަވަހަށް ހާމަކުރައްވާނެއެވެ.

އެދެބޭފުޅުންގެ މި ޝޯތަކުގައި ފެނިގެންދާނީ "ހައި ޕްރޮފައިލް" ކަންތައްތައްތަކެއް ކަމަށް ރިޕޯޓްތައް ބުނާއިރު މި ޝޯގައި ފެނިގެން ދާނީ އޮބާމާއި މިޝެލްގެ ހަޔާތްޕުޅު ކަމަށްވެސް ވަނީ އަޑުތައް ފެތުރުފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ޝޯގައި ފެނިގެންދާނީ އޮބާމާ އެމެރިކާގެ ރައީސްކަން ކުރެއްވި ދެ އަހަރާއި އެދެއަހަރުގެ ތެރޭގައި ކުރެއްވި މުހިއްމު ކަންތައްތައްކަމަށެވެ. އަދި އެދެއަހަރުގެ ތެރޭގައި މިޝެލްގެ ވައިޓްހައުސްގެ ތަޖުރިބަތަކާއި އަންހެނުން ބާރުވެރި ކުރުވުމަށް ކުރެއްވި ކަންތައްތައް ފެނިގެން ދާނެކަމަށެވެ.

މިކަމާއި ބެހޭގޮތުން ނެޓްފްލިކްސްއިން އަދި އެއްޗެއް ބުނަން ބޭނުންނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
75%
0%
25%
0%
0%
ކޮމެންޓް