ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 12:25
ސަނީ ލިއޯން އޭނާގެ އާއިލާއާއެކު
ސަނީ ލިއޯން އޭނާގެ އާއިލާއާއެކު
އިންސްޓަގްރާމް
ސަނީ ލިއޯން
ސަނީ ލިއޯންގެ ހަޔާތަށް ވެސް ސީރީޒެއް ނެރެނީ
 
މިސީރީޒްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

މަޝްހޫރު މީހުންގެ ހަޔާތައް ފިލްމާއި ސީރީޒް ހެދުން އެއީ މިހާރު އާންމު ކަމެކެވެ.

2012 ވަނަ އަހަރުގެ ބޮލީވުޑަށް ނިކުތް އަދި މަޝްހޫރު ބަތަލާ ސަނީ ލިއޯންގެ ހަޔާތުގެ މައްޗަށް ވެސް ސީރީޒެއް ހަދަން ވަނީ މިހާރު ނިންމާފައެވެ.

ސަނީ ލިއޯންގެ އިންސްޓަގްރާމްގައި ބުނެފައިވަނީ އޭނާ ކެނެޑާއަށް ބަދަލުވި ވާހަކައާއި އޭނާގެ ނަން ސަނީއަށް ބަދަލު ވި ވާހަކަތަކުގެ ޖަވާބު އޭނާގެ ބައޯޕިކް ކަމަށްވާ "ކެރެންޖިތް ޓް ސަނީ" އިން އެނގިގެންދާނެ ކަމަށެވެ. "ކެރެންޖިތް ޓް ސަނީ" ސީރީޒްއަކީ އިންޑިއާ މަޝްހޫރު ވެބް ސީރީޒް ސްޓްރީމު ކުރާ ވެބްސައިޓް ޒީ5 އިން ތައްޔާރުކުރާ ސީރީޒެކެވެ.

ޒީ5 އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އިންޑިއާގައި މިހާރު އެންމެ ގިނަ ބަޔަކު އިންޓަނެޓު މެދުވެރިކޮށް ހޯދާ މަޝްހޫރު ސެލެބްރިޓީ ހަޔާތަށް ތައްޔާރުކުރާ ސިރީޒްއެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށެވެ. އެޓްވީޓުގައި "ކެރެންޖިތް ޓް ސަނީ"ވަނީ ޓެގް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް