ކ. މާލެ
|
9 މާރޗް 2018 | ހުކުރު 22:11
ޑޮންގެ ޕޯސްޓަރެއް
ޑޮންގެ ޕޯސްޓަރެއް
ގެޓީ އިމޭޖަސް
ޑޮން3
ޝާހުގެ ޑޮން 3 ގައި ލީޑުން ފެންނާނީ އާ އަންހެން ތަރިއެއް
 
ޑޮން ޝޫޓް ކުރާނީ ދުބާއީގައާއި އަބޫދާބީގައި

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ބޮލީވުޑްގެ ފަރަންޗައިޒްގެ ތިންވަނަ ފިލްމު ޑޮން3 ގައި ޝާހުރުކް ޚާނާއި އެކީ ފެނިގެންދާނީ އާ އަންހެން ތަރިއެއް ކަމަށް ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ރަމޭޝް ބާލާ ބުނެފިއެވެ.

ރަމޭޝް ބާލާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޑޮން 3 ގައި ޝާހުރުކް ޚާނާއި އެކީ ފެނިގެންދާނީ އާ އަންހެން ތަރިއެއް ކަމަށާއި ޑޮން3 ގެ ޝޫޓިން އޮންނާނީ ދުބާއީގައާއި އަބޫދާބީގައި ކަމަށެވެ. އަދި މި ފިލްމު އަންނަ އަހަރުގެ ތެރޭގައި ސިނަމާތަކަށް އަންނާނެ ކަމަށް އޭނާ ބުންޏެވެ.

ޑޮން އެންމެ ފުރަތަމަ ސިނަމާތަކަށް އައިސްފައި ވަނީ 2006 ވަނަ އަހަރުއެވެ. އެ އަށް ފަހު "ޑޮން"ގެ ދެވަނަ ފްރަންޗައިޒްޑޮން 2 ސިނަމާތަކަށް އައިސްފައި ވަނީ 2011 ވަނަ އަހަރުގައެވެ. ދެހާސް ހަވަނަ އަހަރާއި 2011 ވަނަ އަހަރުގައި ނިކުތް "ޑޮން"ގެ ލީޑް ރޯލުތަކުން ފެނިގެން ގޮސްފައި ވަނީ ޝާހުރުކް ޚާންގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް