ކ. މާލެ
|
9 މާރޗް 2018 | ހުކުރު 20:06
ފޭސްބުކް
ތިޔަ ލޯތްބާއި ދުރަށް
ތިޔަ ލޯތްބާއި ދުރަށް: އެޑިޓިން އާއި ޑަބިން ނިމިއްޖެ  
 
މި ފިލްމު އަޅުވާނީ އަންނަ މަހުގެ 21 ގައި
 
އައްޔަ ރާއްޖެއެމްވީއަށް ބުނީ ތިޔަ ލޯތްބާއި ދުރަށް 80 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް

އަންނަ އެޕްރީލް މަހުގެ 21 ގައި ނެރޭ ދިވެހި ފިލްމު ތިޔަ ލޯތްބާއި ދުރަށްގެ އެޑިޓިންއާއި ޑަބިންގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރ އަދި ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ބުނެފިއެވެ.

އައްޔަ ރާއްޖެއެމްވީއަށް ބުނީ ތިޔަ ލޯތްބާއި ދުރަށް 80 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައިވަނީ ސްރީލަންކާގައެވެ. މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް(އަޒޭ)، މަލީހާ ވަހީދު(މަލް) އަދި އަހުމަދު އަމަން (ޓޮމް)އަދި މަރިޔަމް ޝަހްޒާ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަދި ވާހަކަލިޔެފައި ވަނީ މަރިޔަމް މޫސާއެވެ. "ތިޔަ ލޯތްބާއި ދުރަށް" އަކީ މަރިޔަމް މޫސާގެ ފުރަތަމަ ފީޗާ ފިލްމެވެ. މަރިޔަމް މޫސާ ލިޔެފައިވާ ވާހަކަތަކުގެ ތެރޭގައި "ހިތު ވިންދު"، "ސަޒާ"، "ސިއްރު" އަދި "ހިތުގެ އެދުން" ފަދަ މަގްބޫލު ދިވެހި ވާހަކަތައް ހިމެނެއެވެ.

 

 މިއީ މަރިޔަމް މޫސާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރ ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ ފިލްމެކެވެ. ޕްރޮޑިއުސް ކުރަނީ ޓެކްނޯ މީޑިއާ އިންނެވެ. މި ފިލްމުގައި ހިމެނެނީ ހަތަރު ލަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް