ކ. މާލެ
|
9 މާރޗް 2018 | ހުކުރު 19:29
އޮޔާގެ އަލްބަމް އާޓް
އޮޔާގެ އަލްބަމް އާޓް
ސިމްބޮލިކް ރިކޯޑްސް
ސިމްބޮލިކް ރެކޯޑްސް
އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
 
މިއުޒިކް އިންޑަސްޓްރީއިން ޕެސްޓު ގެއްލުނީ 'މަގުމަތި' އަލްބަމް ނެރުނު ފަހުން

ރާއްޖޭގޭ އެންމެ ބޮޑު ހިޕްހޮޕް މިއުޒިކް ލޭބަލް، ސިމްބޮލިކް ރިކޯޑްސްގެ އެއް ބާނީ، އަދި ސިމްބޮލިކް ރެޕް ކްރޫގެ އެއް ލީޑް އާޓިސްޓް، އިސްމާއިލް އިފްހާމް (ޕެސްޓު)، ހަޔާތެއްގެ ވާހަކައާއިއެކު މިއުޒިކް އިންޑަސްޓްރީއަށް އެނބުރި އައިސްފިއެވެ.

2013 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ހިޕްހޮޕް އަލްބަމް 'މަގުމަތި' ނެރުމަށް ފަހު ގިނަ ދުވަސްތަކެއް ނުވެ، މިއުޒިކް އިންޑަސްޓްރީއިން ގެއްލުނު ޕެސްޓް އިންޑަސްޓްރީއަށް އެނބުރި އައިސްފައިވަނީ 'އޮޔާ' ގެ ނަން ދީފައިވާ ލަވައަކުންނެވެ. ލަވަ ރިލީޒްކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރު، ލަވަފޮށި އަދި ސައުންޑްކްލައުޑްގައެވެ.

ރާއްޖޭގެ ރެޕް ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ޕެސްޓް އެނބުރި އިންޑަސްޓްރީއަށް އައިއިރު، އޭނާގެ އެނބުރި އައުމާއިއެކު ގެނެސްދިން ލަވައިގައި ކިޔައިދީފައިވަނީ ހަޔާތުގެ ތެރެއިން ކުރެވޭ ތަޖުރިބާތަކެއްގެ ވާހަކައެވެ. ނަމަވެސް ހަޔާތުގެ ޒާތީ ގިނަ ވާހަކަތަކެއް ހިމަނާފައިވާ މިލަވައަކީ ސީދާ ޕެސްޓުގެ ހަޔާތަށް ބިނާކޮށްފައިވާ ލަވައެއްކަމެއް ސިމްބޮލިކް ރިކޯޑްސްއިން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޕެސްޓްގެ ލިރިކްސްއަށް އޭނާ ކިޔާފައިވާ މި ލަވަ ޕްރޮޑިއުސްކޮށްފައިވަނީ މަޝްޙޫރު މިއުޒިކް ޕްރޮޑިއުސަރ މިސްޓީއެވެ. އަލްބަމް އާޓް އާއި ޓައިޓަލް ފަރުމާކޮށްފައިވަނީ ސިމްބޮލިކް ރިކޯޑްސްގެ ކްރިއޭޓިވް ޑިރެކްޓަރ އިސްމާއިލް ނާއިލް (ބްލަޑް) އެވެ. ލަވައިގެ އަލްބަމް އާޓްގައި ބޭނުން ކޮށްފައިވާ ފޮޓޯ ނަގާފައިވަނީ "ސީ ފްރޮމް ދަ ސްކައި" ބްރޭންޑް ނަމުގައި ހަރަކާތްތެރިވާ ޒުވާން، ހުނަރުވެރި ފޮޓޯގްރާފަރު ހަސަން އިޝާންއެވެ.

ޕެސްޓުގެ އެނބުރި އައުމާއިއެކު އޭނާގެ އަޑު އަލުން އަހައިލުމަށް އިންތިޒާރުގައި ތިބި އެތައް ފޭނުންނެއްގެ އިންތިޒާރަށް ނިމުން އައިސްފައިވާއިރު، ގިނަ ބަޔަކު ދަނީ އެކި ޕްލެޓްފޯމްތަކުގައި މި ލަވައަށް ތަޢުރީފުކޮށް ވާހަކަ ދައްކަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
83%
0%
11%
6%
0%
ކޮމެންޓް