ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 12:49
ލަވްރާތީގެ ފުރަތަމަ ފެނިލުން
ލަވްރާތީގެ ފުރަތަމަ ފެނިލުން
ގެޓީ އިމޭޖަސް
އާޔުޝް ޝަރުމާ
ސަލްމާންގެ ޅިޔަނުގެ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފި
 
މި ފިލްމު އަޅުވާނީ ސެޕްޓެމްބަރު 21 ގައި

ސަލްމާންހާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔުޝް ޝަރްމާގެ ފުރަތަމަ ފިލްމު  ލަވްރާތުރީގެ ޝޫޓިން ފަށައިފިއެވެ.

ލަވްރާތުރީ ޑައިރެކްޓް ކުރަނީ އަބީރާޖް މީނާވާލާއެވެ. މި ފިލްމުގައި އާޔުޝް ޝަރުމާއާއި އެކީ ލީޑު ރޯލުން ފެނިގެންދަނީ ވެސް މި ދާއިރާއަށް އާ ތަރިއެކެވެ. އެތަރި އަކީ މޮޑެލް ވަރީނާ އެވެ. އޭނާ އަކީ އިރާގަށް ނިސްބަތްވާ އެމެރިކާގެ ނިއުޔޯކްގެ ފިލްމު އެކަޑަމީއިން ގްރެޖުއޭޓުވެފައިވާ ތަރިއެކެވެ. މި ފިލްމުގެ ފުރަތަމަ ފެނިލުން މިހާރު ވަނީ ދައްކާލާފައެވެ. ލަވްރާރުރީގެ ޝޫޓިން މިހާރު ފަށައިގެން ކުރިއަށް ދާއިރު މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ގައެވެ.

އާޔުޝް ވަނީ ސަލްމާން ފެނިގެންދިޔަ ސުލްތާންގައި ކެމެރާގެ ފުރަގަހުގައި ވެސް މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް