ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 12:48
އައިޝްވަރިޔާ އާއި އަބީޝެކް
އައިޝްވަރިޔާ އާއި އަބީޝެކް
ގޫގުލް
އައިޝްވަރިޔާ އާއި އަބީޝެކް
ދުވަސް ތަކަކަށް ފަހު އައިޝްވަރިޔާ އާއި އަބީޝެކް އެއް ފިލްމަކުން
 
ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގައި އައިޝްވަރިޔާ ކުޅޭނީ ފުލުސް އޮފިސަރެއްގެ އަނތްބެއްގެ ރޯލު

ބޮލީވުޑްގެ މަޝްހޫރު ދެ ޖޯޑުކަމުގައިވާ އަބީޝެކް ބައްޗަން އާއި އައިޝްވަރްޔާ ރާއި ދުވަސްތަކަކަށް ފަހު އެއްކޮށް ފިލްމަކުން ފެންނާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގައި އައިޝްވަރިޔާ ކުޅޭނީ ފުލުސް އޮފިސަރެއްގެ އަނތްބެއްގެ ރޯލެވެ.

އަދި އަބީޝެކް ކުޅޭނީ ފުލުހުންގެ އޮފިސަރެއްގެ ރޯލެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި މި ފިލްމު ޑައިރެކްޓް ކުރާނީ ޑައިރެކްޓަރ ޝައިލޭޝް އާރު އެވެ. މި ފިލްމުގެ ސްކްރިޕްޓު އައިޝްވަރިޔާއަށް ދިނުމުން ހިތްހަމަ ނުޖެހުނު ނަމަވެސް ފަހުން އޭނާ ބޭނުންވާގޮތަށް ސްކްރިޕްޓު ބަދަލުކޮށްފައިވާ ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ. އަބީޝެކް އާއި އައިޝްވަރިޔާ އެކީގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ބުނެ ފެތުރިފައިވާ އަޑުތަކުގެ ތެރޭގައި ޝައިލެޝްގެ ފިލްމުގައި އެދެމީހުން ފެންނާނީ އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި މަސައްކަތް ކުރާ ފުލުހަކާއި ފުލުހެއްގެ އަންހެނުންގެ ރޯލުން ކަމަށާއި މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެ ކަމަށްވެއެވެ. މިއީ ތެދެއްކަމުގައި ވާނަމަ މި ފިލްމު ވެގެންދާނީ 8 އަހަރު ފަހުން މި ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް