ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 12:26
ވަކިން ލޯބިންގެ ޕޯސްޓަރެއް
ވަކިން ލޯބިންގެ ޕޯސްޓަރެއް
ޑާކް ރެއިން އެންޓަރޓެއިންމަންޓް
ވަކިން ލޯބިންް
ވަކިން ލޯބިންގެ ޝޯތައް ފުލް، ތަރުހީބު ބޮޑު
 
މި ފިލްމު އަޅުވާފައިވަނީ މިމަހުގެ 5 ގައި

މިމަހުގެ 5 ވަނަ ދުވަހު އޮލިމްޕަހަށް އައި ޑާކްރެއިން އެންޓަޓައިންމަންޓުގެ ވަކިން ލޯބިންގެ މިހާތަނަށް ދައްކާފައިވާ ހުރިހާ ޝޯތަކެއް ފުލްކަމަށް ޑާކްރެއިންއިން ބުނެފިއެވެ.

ފިލްމުގެ ޑައިރެކްޓަރ އަދި ސިނަމޮޓޯގްރާފަރ ޢަލީ ޝިފާޢު (ޗިއްޕެ) ބުނީ އޮލިމްޕަހުގައި މިހާތަނަށް ދައްކާފައިވާ ހަތަރު ޝޯވެސް ފުލްކަމަށާއި މިމަހުގެ 6 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި އަޅުވާފައިވާ ދެ ޝޯވެސް ފުލް ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ވަކިން ލޯބިން އެޅުވުމަށް ފިލްމުގެ ޓީމް އެކިރަށްރަށަށް ކުރާ ދަތުރުގައި ބުރާސްފަތި ދުވަހުގެ ރޭ އަޅުވާނީ އައްޑޫސިޓީ މަރަދޫގައެވެ. އަދި މިމަހުގެ 9 ވަނަ ދުވަހު އައްޑޫ ސިޓީ މީދޫ ގައި އަޅުވާއިރު ހަމަ އެދުވަހުގެ ރޭ ފުވައްމުލަކުގައި ފިލްމު އަޅުވާނެ ކަމަށް ޗިއްޕެ ބުންޏެވެ. ޗިއްޕެ ބުނީ ތަރުހީބު ލިބޭ މިންވަރަކުން އެހެން ރަށްރަށުގައިވެސް ފިލްމު އަޅުވަމުން ދާނެ ކަމަށެވެ. މީގެ އިތުރުން މި ފިލްމު ގދ.ތިނަދޫގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ އަޅުވާނެއެވެ.

 ވަކިން ލޯބިން ރިލީޒް ކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުން ވަނީ ބައިވެރިވެފައެވެ. މި ފިލްމުގެ ލީޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދަނީ ޑާކްރެއިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދެއެވެ.

އައިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޒުއަލް އިފެކްޓްސް ހަދާފައި ވަނީ އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ މުޙައްމަދު އިކްރާމްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް