ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 12:23
ލޯ މެރޭގެ ކަވަރ ފޮޓޯ
ލޯ މެރޭގެ ކަވަރ ފޮޓޯ
ފޭސްބުކް
މުހައްމަދު ރިއްފަތު
ރިއްފަތުގެ އާ ވީޑިއޯ ލަވައިގެ ޓްރެއިލާ ނެރެފި
 
މި ލަވައިގައި ރިއްފަތާއި އެކު ހަރަކާތްތެރި ވަނީ ފިލްމީ ތަރި އައިމިނަތު ރިޝްފާ

ލޯ މެރޭ ނަމުގައި ލަވަކިޔުންތެރިޔާ މުހައްމަދު ރިއްފަތު ކިޔާފައިވާ ލަވައިގެ ވީޑިއޯ ޓްރެއިލާ ނެރެފިއެވެ.

މި ލަވައިގައި ރިއްފަތާއި އެކު ހަރަކާތްތެރި ވަނީ ފިލްމީ ތަރި އައިމިނަތު ރިޝްފާއެވެ.

ހިތްގައިމު ހިންދީ ރާގު އޯ މެރޭ ދިލްކި ޗޭން އަށް ރިއްފަތު ކިޔާފައިވާ ލޯ މެރޭ  ލަވަ ހަދާފައިވަނީ އަހުމަދު އިސްމާއިލްއެވެ.

އިސްމާއިލް ރަޝީދު(ކޮޕީ އިއްސެ) ޑައިރެކްޓް ކޮށްފައިވާ މިލަވައިގެ ޕޯސްޓް ޕްރޮޑަކްޝަނަކީ ޒިއާއުއެވެ.

ލަވައިގެ ސިނަމޮޓޮގްރަފީ ހަދާފައިވަނީ "ދަބާ'އެވެ. ރިއްފަތު ބުނީ މިލަވަ ވަރަށް އަވަހަށް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭނެ ކަމަށެވެ.  

މުޙައްމަދު ރިއްފަތު ގެ އާ ވީޑިއޯ ލަވައެއް މިދިޔަ މަހު 4 ގައި ވެސް ވަނީ ރާއްޖެޓީވީ މެދުވެރިކޮށް ރިލީޒްކޮށްފަ އެވެ. ޒުވާން ބަޠަލާ މަލީހާ (މަލް) އާއި ރިއްފަތު ފެނިގެންދާ މިރޭ ހާދަ ޗާލޭ ލަވަ ރިލީޒް ކޮށްފައިވަނީ ރާއްޖެޓީވީގެ ކުލަ ސްކްރީން ޕްރޮގްރާމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް