ދުނިޔޭގެ ގިނަ ބަޔަކު ބަލާ އެއް އެވޯޑް ކަމަށްވާ އޮސްކާ އެވޯޑް މިފަހަރު ޓީވީ މެދުވެރިކޮށް ބެލި ވިއުސް މަދުވެއްޖެއެވެ.
މިދިޔަ އަހަރުގެ އޮސްކާ އެވޯޑްގެ ވިއުސް އަދަދާ އަޅާބަލާއިރު މިއަހަރު ވިއުސް ވަނީ 20 ޕަސެންޓް ދަށްވެފައެވެ.
މީގެ ކުރިން އޮސްކާ އެވޯޑް ޓީވީ މެދުވެރިކޮށް ބަލާ މީހުންގެ އަދަދު 30 މިލިއަނަށް ވުރެ ދަށަށް ގޮސްފައި ނުވާއިރު މިފަހަރު އޮސްކާސް ވިއު ރޭޓިން ވަނީ 26.5 މިލިއަނަށް އަރާފައި ކަމަށް ނިއެލްސެން ރެކޯޑްސް އިން ވަނީ ހާމަކޮށްފައެވެ. ނިއެލްސަލްއަކީ މީހުން އެންމެ ގިނައިން ބަލާ ޗެނަލްތަކާއި އޭގެ ޑޭޓާބޭސް މެޝަރކޮށް މާކެޓް ރިސާޗް ހަދާ ކުންފުންޏެކެވެ.
އޮސްކާ ވިއު ރޭޓިންގެ އަދަދު 3.5 މިލިއަނަށް ވެއްޓިފައިވާއިރު މިފަހަރުގެ ފިނި މޫސުމުގައި ބޭއްވި އޮލިމްޕިކްސް އޯޕެނިން ބެލި މީހުންގެ ވިއުސް އަރާފައި ވަނީ 27.8 މިލިއަނަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މީގެ ހަތަރު އަހަރު ކުރިން އޮސްކާ އެވޯޑަށް ވަނީ 44 މިލިއަން ވިއުސް ލިބިފައެވެ. މިފަހަރު ބާއްވާފައިވަނީ 90 ވަނަ އޮސްކާ އެވޯޑެވެ.